ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ އޮފީސްތަކުގެ ހިންގުމާއި އެ ތަންތަނުން ދެމުންދިޔަ ޚިދުމަތްތައް ދިނުމުގެ މިންގަނޑަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ދިވެހި ސަރުކާރުން ވަކި ގޮތެއް އަންގަންދެން، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސިވިލް ސަރވިސްގެ އިދާރާތަކުގެ ހިންގުމާއި ޚިދުމަތްދިނުމުގެ މިންގަނޑުތަކާ ގުޅޭގޮތުން މި ކޮމިޝަނުން ނެރެފައިވާ އުޞޫލުތަކާއި މިންގަނޑުތައް މި ޞަފްޙާއިން ފެނިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ކޮމިޝަނުން ކޮވިޑް-19 އާ ގުޅޭގޮތުން ސަރކިއުލަރއެއް ނުވަތަ ސަރކިއުލަރ ނޯޓެއް ނެރެފައިވާ ނަމަ، އެ ލިޔުމެއް ފެނިވަޑައިގަންނަވާނީ ކޮމިޝަނުގެ ސަރކިއުލަރ އަދި ސަރކިއުލަރ ނޯޓުތައް ހިމެނޭ ޞަފްޙާއިންނެވެ. މި ދެންނެވި ފަދަ ސަރކިއުލަރ އަދި ސަރކިއުލަރ ނޯޓުތައް ބައްލަވާލުމަށް ތިރީގައިވާ ލިންކުތަކުގެ ތެރެއިން ބޭނުންފުޅުވާ ލިންކަކަށް ފިއްތަވާލައްވާށެވެ.
ސަރކިއުލަރ 1
މިހާރު ޢަމަލުކުރެވެމުންދާ އެންމެ ފަހުގެ ވަރޝަން
މި އުޞޫލާގުޅޭ ސަރކިއުލަރތައް
- 2021/5 ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ، ސިވިލް ސަރވިސްގެ އިދާރާތައް ހިންގުމާއި އިދާރާތަކުގައި މަސައްކަތްކުރާ އިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތްތަކަށް އަމަލުކުރުމުގައި އިތުރު ސަމާލުކަމެއް ދެއްވުން
- 2021/32 ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގައި އަމަލުކުރަންވީ ގޮތާ ބެހޭ
- 2020/15 ދުނިޔޭގައި މިހާރު ފެތުރެމުންދާ "ކޮވިޑް-19" ރޯގާއާ ގުޅިގެން ސިވިލް ސަރވިސްގެ ޚިދުމަތް ދިނުމުގައި އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތައް
- 2020/17 ކޮވިޑް-19 ގެ ވަބާ ރާއްޖޭގައި ފެތުރެން ފެށުމާ ގުޅިގެން، އެ ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށް ޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ އެހީތެރިކަން ދިނުމާ ގުޅޭ
- 2020/19 ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ޢާންމުކޮށްފައިވާ ފިޔަވަޅުތަކަށް ސިވިލް ސަރވިސްގެ އިދާރާތަކުން އަމަލުކުރުމާގުޅޭ
- 2020/20 ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާ އެލަވަންސްތަކަށް ބަދަލުގެނެވިފައިވާ މުއްދަތުގައި އިތުރުގަޑީގެ ފައިސާ ދިނުމާގުޅޭ
- 2020/22 ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ޢާންމުކުރައްވާފައިވާ އިތުރުގަޑީގެ ފައިސާ ދިނުމުގެ އުޞޫލަށް އަމަލުކުރުން ހުއްޓާލުމާ ގުޅޭ
- 2020/24 ކޮވިޑް-19 ރޯގާގެ އައު އާންމު ޙާލަތު (ނިއު ނޯމަލް) ގައި ސިވިލް ސަރވިސްގެ އިދާރާތައް ހިންގުމުގައިއާއި މަސައްކަތް ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ އުޞޫލު އާންމުކުރުން
- 2020/26 ކޮވިޑް-19 ރޯގާގެ އައު އާންމު ޙާލަތު (ނިއު ނޯމަލް) ގައި ސިވިލް ސަރވިސްގެ އިދާރާތައް ހިންގުމާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، މުވައްޒަފުން ޢަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކުރާ އުޞޫލު އިޞްލާޙުކޮށް އާންމުކުރުން
- 2020/27 ކޮވިޑް-19 ރޯގާގެ އައު އާންމު ހާލަތު (ނިއު ނޯމަލް) ގައި ސިވިލް ސަރވިސްގެ އިދާރާތައް ހިންގުމާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، މުވައްޒަފުން ޢަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކުރާ އުޞޫލު (ފުރަތަމަ އިޞްލާޙު) އަށް އަމަލުކުރުމުގައި އިދާރާތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- 2020/28 ކޮވިޑް-19 ގެ ރޯގާގެ އައު އާންމު ހާލަތު (ނިއު ނޯމަލް) ގައި ސިވިލް ސަރވިސްގެ އިދާރާތައް ހިންގުމާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކުރާ އުޞޫލު (ފުރަތަމަ އިޞްލާޙު) އަށް އަމަލުކުރުމާ ގުޅޭ