މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމަކީ މުވައްޒަފާ ޙަވާލުކުރެވޭ މަސައްކަތްތައް ކޮށްފައިވާ ފެންވަރާއި މިންވަރު އަދި މަސައްކަތް ފުރިހަމަކުރެވުނު ވަގުތުގެ އިތުރުން މަސައްކަތުގައި މުވައްޒަފުގެ މިޒާޖާއި ސިފަތައް ދެނެގަންނާނެ އުޞޫލުތަކެއްގެ މައްޗަށް ބިނާވެގެންވާ ނިޒާމެކެވެ. މަސައްކަތުގެ ފެންވަރު ބެލުމުގެ މައިގަނޑު ބޭނުމަކީ، ފެންވަރު ރަނގަޅު، މަސައްކަތަށް ޤާބިލު މުވައްޒަފުންތަކެއް އުފެއްދުމެވެ. އަދި މި ނިޒާމުގެ ސަބަބުން މުޅި ދިވެހި ސިވިލް ސަރވިސްގެ ޚިދުމަތް ރަނގަޅުވެ، ދެވޭ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދިއުމެވެ.
މި އުޞޫލު ތަންފީޛުކުރުމުގައި ތިރީގައި މިވާ އުޞޫލުތަކާއި މިންގަނޑުތަކަށާއި، އެސް.އޯ.ޕީތައް ބޭނުންކުރަންޖެހޭނެއެވެ. ޑޮކިއުމަންޓްތައް ބެލުމަށް ލިންކަށް ފިތާލާށެވެ.
މިހާރު ޢަމަލުކުރެވެމުންދާ އެންމެ ފަހުގެ ވަރޝަން
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމާބެހޭ އުޞޫލު 2026
|
||
ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމު - މެނޭޖަރސް، ޕްރޮފެޝަނަލްސް، އެސޯސިއޭޓް ޕްރޮފެޝަނަލްސް، ސެކްރޭޓްރިއަލް އަދި ސްކިލްޑް ވަރކާސް
|
||
ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމު - އެލެމެންޓަރީ ވަރކާސް
|