ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް ސެޝަނެއް ކުރިއަށްގެންގޮސްފި

13 ފެބްރުއަރީ 2020



ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން، މިނިސްޓްރީތަކާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމުގެ ދަށުން މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް ސެޝަނެއް ކުރިއަށްގެންގޮސް ދެއްވައިފިއެވެ. މި ސެޝަނުގައި މައިގަނޑުގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުތަކާއި، ޝަކުވާ ހުށަހެޅުމުގެ ނިޒާމާއި، ވޯޓުލާ މީހުންގެ ޙައްޤުތަކާއި ޒިންމާތަކާއި ވޯޓު ނެގުމުގެ ޕްރޮސެސްއާ އަދިވެސް އިންތިޚާބާ ބެހޭ ގިނަ މަޢުލޫމާތުތަކެއް މި ސެޝަނުގައި ވަނީ ފޯރުކޮށްދެއްވާފައެވެ.
މިއަދުގެ މި ސެޝަނުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މައުލޫމާތު ދެއްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރ އަލްފާޟިލް ސަލާހް ރަޝީދު އެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307