ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ

30 މެއި 2024



ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް "ސްމާޓް ގަވަރނަންސް ފޮރ ސިވިލް ސަރވިސް އެކްސެލެންސް" ގެ ޝިޢާރުގެ ދަށުން މި އަހަރުގެ ޖޫން 9 އިން  10 އަށް ކުރިއަށްދާނީ ދަރުބާރުގޭގައެވެ.

މި ގޮތުން، ސިވިލް ސަރވިސްގެ އިންތިޒާމްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ދެނެގަނެ އެކަށައެޅުމަށް ޓަކައި ކޮންމެ 2 އަހަރުން 1 އަހަރު ސިވިލް ސަރވިސް ކޮންފަރެންސްގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ ކޮންފަރެންސެކެވެ.

"ސްމާޓް ގަވަރނަންސް ފޮރ ސިވިލް ސަރވިސް އެކްސެލެންސް" މި ޝިޢާރުގެ ދަށުން ގުޅުންހުރި 3 ދާއިރާއަކުން 15 ކަރުދާހެއް މި ކޮންފަރެންސްގައި ހުށަހެޅިގެންދާނެއެވެ. އަދި ރާއްޖެއިން ބޭރުގެ 2 އަދި ރާއްޖޭގެ 2 ސްޕީކަރުން މި ކޮންފަރެންސްގައި ކީނޯޓް ސްޕީޗް ދެއްވާނެއެވެ.

ކޮންފަރެންސްގެ ސަބްތީމްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ 3 ޝިޢާރަކީ، ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި އޮފީހުގެ އެކިކަހަލަ މަސައްކަތްތަކާއި ޕްރޮސީޖަރތައް ބަދަލުކޮށް ހަރުދަނާކުރުމާއި، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭ ޒިންމާދާރު އަދި ޖަވާބުދާރީވެވޭ ސިވިލް ސަރވިސްއެއް ޤާއިމުކުރުމުގެ އިތުރުން، ހަރުދަނާ އުސޫލްތަކާއި އަޚްލާގީ މިންގަނޑުތަކަށް ބިނާކޮށް މަސައްކަތުގެ ސަޤާފަތް ބައްޓަންކުރުމެވެ.

މި ކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެންމެ އިސް ފަންތީގައި މަސައްކަތްކުރާ 250 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި  މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން، ސިޓީތަކާއި އަތޮޅު ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުން އަދި ނައިބުން، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ހިމެނޭ ގޮތަށް 113 އަށް ވުރެ ގިނަ ފަރާތްތަކުން މި ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް