04 ޖޫން 2024
ކުރިއަށް އޮތް ސިވިލް ސަރވިސް ކޮންފަރެންސްގެ އެކިއެކި ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނާއެކު، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއާއި، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަންއާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންއާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސްއާއި ޕަބްލިކް ސަރވިސް މީޑިއާއާއި، އޫރިދޫ މޯލްޑިވްސްއާއި، ދުވަސް ނޫހާއި، މޯލްޑިވްސް ބިޒްނަސް ރިވިއުއާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި، އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ފަހުމުނާމާ/އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް ދެއްކެވި ވާހަކަފުޅުގައި، މި ފަހުމުނާމާ/އެއްބަސްވުމަކީ ސިވިލް ސަރވިސް ކޮމިޝަނުން ބާއްވާ "މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅުންހުރި އެކިއެކި މަސައްކަތްތައް ކުރުމަށް މި ކުންފުނިތަކުގެ އެހީގައި ކުރިއަށްދިޔުމުގެ މަގުފަހުކޮށްދިނުމުގެ ގޮތުން ސޮއިކުރެވޭ ފަހުމުނާމާ/އެއްބަސްވުމެއް ކަމަށް ވިދާޅުވިއެވެ.
ދިވެހި ސިވިލް ސަރވިސް ޑިޖިޓަލައިޒްކޮށް ކުރިއެރުވުމަށް ބޭނުންވާ ޢިލްމީ އަދި ފަންނުވެރި ޚިޔާލާއި މަޢުލޫމާތު ހޯދުމުގެ މަޤްޞަދުގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ބޭއްވޭ ދިވެހި ސިވިލް ސަރވިސްގެ ކޮންފަރެންސް މި އަހަރުގެ ޖޫން 9 އިން 10 އަށް ދަރުބާރުގޭގައި ކުރިއަށްދާނެއެވެ.
ފަހުގެ ޚަބަރުތައް
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ތިންވަނަ ސެޝަންގެ ތެރެއިން
23 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފުރަތަމަ ސެޝަންގެ ތެރެއިން
23 ސެޕްޓެމްބަރ 2026
ކޮމިޝަނުން މުލަކަތޮޅު ވޭވަށު ކައުންސިލާއިއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
23 ސެޕްޓެމްބަރ 2026
ކޮމިޝަނުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
23 ސެޕްޓެމްބަރ 2026