.png)
ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ކުރިއެރުވުމަށް ބޭނުންވާ ޢިލްމީ އަދި ފަންނުވެރި ޚިޔާލާއި މަޢުލޫމާތު ހޯދުމުގެ މަޤްޞްދުގައާއި ސިވިލް ސަރވިސްގެ އިންތިޒާމްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ދެނެގަނެ އެކަށައެޅުމަށް ޓަކައި "ސްމާޓް ގަވަރނަންސް ފޮރ ސިވިލް ސަރވިސް އެކްސެލެންސް" ގެ ޝިޢާރުގެ ދަށުންބޭއްވޭ ދިވެހި ސިވިލް ސަރވިސްގެ ކޮންފަރެންސް މިއަދު ދަރުބާރުގޭގައި ފަށައިފިއެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ކޮންފަރެންސްގެ ފޮތް ނެރެދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.
ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސިވިލް ސަވިސްއަށް ހުރި ގޮންޖެހުންތަކާ ބަލައި ކުރިމަގަށް ރޭވުންތައް ރޭއްވެވުމަށާއި މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ މަސައްކަތަކީ ވެސް އިސްކަމެއް ދޭން ޖެހޭކަމެއްކަމާއި އަދި އެކަމަށް މި ކޮންފަރެންސްގެ ތެރެއިން ހައްލުތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިއަހަރުގެ ޝިއާރަށް ރިއާޔަތްކޮށް، ކުރިމަގުގައި ސިވިލް ސަރވިސްގެ ޚިދުމަތްތަކަކީ ޓެކްނޮލޮޖީ ބޭނުމުގައި ޚިދުމަތް ހޯދާ ފަރާތްތަކުން އެ އޮފީސްތަކަށް ދާން ނުޖެހި ޚިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ސިވިލް ސަރވިސްގެ ޚިދުމަތް ތަރައްޤީވުމަށް އެދިވަޑައިގަންވާކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ހޯދިފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން، ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވުނު ކަންތައްތައް ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން، ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު
ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް އަށް ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
މިކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެންމެ އިސް އަހުލުވެރިންކަމުގައިވާ ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ސިވިލް ސަރވިސްއާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ވެރިންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުންވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
ފަހުގެ ޚަބަރުތައް
.jpg)
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025

ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
.png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024