11 ފެބްރުއަރީ 2020

އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް ގެ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ 28 މުވައްޒަފުންނަށް މިހާރު ނިއު ދިއްލީގައި ކުރިއަށްގެންދާ ތަމްރީނުގެ ތެރެއިން ތަޖްރިބާ ހޯދުމުގެ ގޮތުން 3 ތަނަކަށް ޒިޔާރަތްކޮށް އެތަންތާނގައި މަސައްކަތް ކުރެވޭގޮތާއި، އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދައިފިއެވެ.
މި 28 ބޭފުޅުންނަށް ވަނީ އެމް.ޑީ.ޑީ.އޭ ގެ ޑިރެކްޓަރ ޖެނެރަލް ޖެނެރަލް ޑރ. ސްރީވާސްޓާވް ހާއްސަ ސެޝަނެއް ވެސް ނަންގަވާދެއްވާފައެވެ. އޭގެ އިތުރަށް މި ބޭފުޅުން ވަނީ ނިއު ދިއްލީގެ ސްމާރޓް ސިޓީ އެންޑް އަރބަން ހައުސިންގ އަދި ތާޖް މަހަލް އަށް ވެސް ޒިޔާރަތްކުރައްވާފައެވެ.
"ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި ކުރިއަށް ދާ މި ތަމްރީނަކީ އަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް އަދި ސިވިލް ސަރވިސްގެ ދާއިރާގައި އިންޑިއާގެ ތަޖްރިބާ ހިއްސާކުރުމުގެ ގޮތުން ބޭއްވޭ 2 ހަފްތާގެ ތަމްރީނެކެވެ. މި ތަމްރީނަކީ އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ މިސްޓަރ ނަރެންދަރު މޯދީ ރާއްޖެއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ސެންޓަރ ފޯރ ގުޑް ގަވަރނަންސް އާއި ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން އިންތިޒާމުކުރެވޭ ތިންވަނަ ތަމްރީނު ބުރެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި ދިވެހި ސިވިލް ސަރވިސްގެ 1000 މުވައްޒަފުންނަށް ހުރިހާ ޚަރަދަކާއެކު ތަފާތު ދާއިރާތަކުން އިންޑިއާގައި ތަމްރީނުވުމުގެ ލިބޭނެއެވެ.
ފަހުގެ ޚަބަރުތައް

އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާއަށް ފުރައިފި
30 އޮކްޓޯބަރ 2022

ތަމްރީނާއި ތަޖްރިބާ ހާޞލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާ އަށް
24 ޖުލައި 2022

ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދެއް ސްޓަޑީ ވިޒިޓެއްގައި އިންޑިއާއަށް ފުރައިފި
12 ޖޫން 2022

އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ސީނިއަރ ސިވިލް ސަރވެންޓުން އިންޑިއާއަށް ފުރައިފި
29 މެއި 2022

ތަމްރީނާއި ތަޖުރިބާ ހާޞިލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޓީމެއް އިންޑިއާ އަށް
07 މެއި 2022