08 ފެބްރުއަރީ 2020

ބަންގްލާދޭޝް ޕަބްލިކް އެޑްމިނިސްޓްރޭޝަން ޓްރެއިނިންގ ސެންޓަރުން ދެއްވި ދައުވަތެއްގައި އެތަނުން ބާއްވަމުންގެންދާ 7 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ޑިވެލޮޕްމަންޓް ގައި ބައިވެރިވެވަޑައިގަތުމަށާއި ތަޤްރީރު ކުރެއްވުމަށް ކޮމިޝަނުގެ ރައީސް އެސެންޓަރަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގައި މި ފެބުރުވަރީ 6 ވަނަ ދުވަހު އެމަރުކަޒުގެ އިސްވެރިޔާ ރެކްޓަރ މިސްޓަރ ރަގީބް ހުސެއިން އާއި އިސްވެރިންނާ ބައްދަލުކުރައްވަވައި މަޝްވަރާ ކުރައްވަވައިފިއެވެ. މި ސެންޓަރުންވަނީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމަށް ހޫނު މަރުޚަބާއެއް ވިދާޅުވެ، ދެ މުއައްސަސާގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ރެކްޓަރވަނީ މި ބައްދަލުކުރެއްވުމުގައި އިޝާރާތްކުރައްވަވާފައެވެ.
2 މުއައްސަސާގެ ދެމެދުގައި މަޢުލޫމާތާއި ތަޖްރިބާ ހިއްސާކޮށް ސިވިލް ސަރވަންޓުންނަށް ތަމްރީނުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްސަދުގައި ކޮމިޝަނުގެ ފަރާތުންވަނީ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ހުށަހަޅާފައެވެ. މިކަމަށް އިޖާބަދެއްވަވައި ބީ.ޕީ.އޭ.ޓީ.ސީ ގެ ރެކްޓަރ ވިދާޅުވީ ކައިިރި މުސްތަޤްބަލެއްގައި ސޮއިކުރައްވަވާނެކަމަށެވެ. އަދި ވެވުނު ވަރަކުން ދިވެހި ސިވިލް ސަރވަންޓުންނަށް މި މަރުކަޒުގައި ހިންގޭ ސިވިލް ސަރވަންޓުންނަށް ތަމްރީނުކުރާ ކޯސްތަކުން ޖާގަދެއްވޭތޯ ބައްލަވާދެއްވަވާނެކަމުގައިވެސް ވިދާޅުވިއެވެ. ބަންގުލާދޭޝް އަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް ބޮޑު ބައިވެރިއެއް ކަމަށާއި ސަބަބަކީ، ބިދޭސީން ރާއްޖޭގައި އެންމެ ގިނައިންތިބި ގައުމަކީ ބަންގްލާދޭޝް ކަމަށްވުމުން ކަމަށާއި، އެހެންކަމުން ދެގައުމުގެ ސިވިލް ސަރވަންޓުންގެ މެދުގައި ގުޅުން ބަދަހިވުމަކީ ދެގައުމުގެ އެކުވެރި ބަދަހިގުޅުމަށް ހެޔޮއަސަރުކުރާނެކަމެއް ކަމުގައި ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވެވިއެވެ. ބީ.ޕީ.އޭ.ޓީ.ސީ އިން ނެރޭ މަޖައްލާތަކާއި އެހެނިހެން ދިރާސާތައްވެސް ސީ.އެސް.ޓީ.އައި ގެ ލައިބްރަރީއަށް ލިބޭނެގޮތް ހަމަޖައްސަވާދެއްވަވާނެ ކަމުގައިވެސް ރެކްޓަރ މި ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.
ފަހުގެ ޚަބަރުތައް

އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާއަށް ފުރައިފި
30 އޮކްޓޯބަރ 2022

ތަމްރީނާއި ތަޖްރިބާ ހާޞލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާ އަށް
24 ޖުލައި 2022

ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދެއް ސްޓަޑީ ވިޒިޓެއްގައި އިންޑިއާއަށް ފުރައިފި
12 ޖޫން 2022

އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ސީނިއަރ ސިވިލް ސަރވެންޓުން އިންޑިއާއަށް ފުރައިފި
29 މެއި 2022

ތަމްރީނާއި ތަޖުރިބާ ހާޞިލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޓީމެއް އިންޑިއާ އަށް
07 މެއި 2022