06 ފެބްރުއަރީ 2020
ބަންގްލަދޭޝް ޕަބްލިކް އެޑްމިނިސްޓްރޭޝަން ޓްރެއިނިންގ ސެންޓަރު ބީޕީއޭ ގެ ފަރާތުން އިންތިޒާމްކުރި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ޑިވެލޮޕްމަންޓް އާބެހޭ 7 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް ގެ އިފްތިތާހީ ޖަލްސާގައި އިއްޔެ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ތަޤްރީރް ކުރައްވަވައިފިއެވެ. ބީޕީއޭޓީސީ ގެ ޑިރެކްޓަރ ރަޤީބް ހުސެއިން ރިޔާސަތު ބެލެހެއްޓެވި އަދި ބަންގްލާދޭޝްގެ މިނިސްޓްރީ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ވަޒީރު، އޮނަރަބަލް މިސްޓަރ ފަރުހާދު ހުސެއިން ޝަރަފުވެރިކޮށްދެއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ސިވިލް ސަރވިސް އަށް ތަރައްޤީ ވުމަށް މަސައްކަތްކުރާ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ރައީސްގެ ތަޤްރީރުގައި އަލިއަޅުވާލެއްވެވިއެވެ. އަދި މިކަންކަމަށް ހައްލު ހޯދުމަށް ދުވަސްވީ ތިއަރީތަކުންނާއި ކުރިއެރުންނުލިބިވާ ސްޓްރެޓެޖީތަކުން އަރާގަނެ އާ ޚިޔާލާއި ޒަމާނީ ވިސްނުންތަކެއް ބޭނުންވާކަމަށާއި މިކަންކަމުގެ މައްޗަށް ފައިދާހުރި އީޖާދީ ގޮތްތަކެއް މި ކޮންފަރެންސްއިން ލިބިގެންދާނެކަމަށް ޔަޤީންކުރައްވަވާކަމުގައި ވިދާޅުވިއެވެ. އަދި ތަޤްރީރު ކުރެއްވުމުގައި 3 އަހަރުވީއިރުވެސް ނުބޭއްވި ލަސްވެފައިވާ ސާރކް ގައުމުތަކުގެ ސިވިލް ސަރވިސްގެ ވެރިންގެ 7 ވަނަ ބައްދަލުވުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހެމުންދާކަމުގައި ކޮމިޝަނުގެ ރައީސް އިޢުލާނުކުރެއްވެވިއެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނާއި ބިޕީއޭޓީސީގެ ރެކްޓަރާއި އަދި އޭޝިއަން އެސޯސިއޭޝަން ފޯ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރައީސް ޕްރޮފެސަރ، އެލެކްސް ބްރިލާންޓިސް ވެސް ތަގްރީރުކުރެއްވެވިއެވެ. ޝަރަފުވެރި މެހުމާން އާއި ރެކްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން މި ކޮންފަރެންސްގައި ބައިވެރިވެ ތަޖްރިބާ ހިއްސާކުރެއްވެވީތީ ޝުކުރު އަދާކުރެއްވެވިއެވެ. އިފްތިތާހީ ޖަލްސާއަށްފަހު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޝަރަފްވެރި މެހުމާނަށް ހަދިޔާއެއް އެރުވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026