05 ފެބްރުއަރީ 2020

މި މަހުގެ 02 އިން 16 އަށް އިންޑިއާގެ އެން.ސީ.ޖީ.ޖީ ގައި ކުރިއަށް ގެންދާ "ޓްރެއިނިންގް ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވިސް" ގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އިދާރީ ހިންގުމާގުޅޭ ގޮތުން އިންޑިއާގެ ތަޖުރިބާ ހާސިލުކޮށް މިކަމުގައި ކުރިއަރާފައިވާ ޒަމާނީ ގޮތްތަކުގެ ތަމްރީނު ހޯދަމުން އެބަގެންދެއެވެ. މިގޮތުން މި ބައިވެރިން މިހާތަނަށް 6 ސެޝަނެއްގައި ވަނީ ބައިވެރިވެފައެވެ.
ސިވިލް ސަރވަންޓުންނަށް އިންޑިއާގެ ހިލޭ އެހީގައިކުރިއަށްގެންދެވޭ މި ތަމްރީނު ޕްރޮގްރާމް ވަނީ ވަރަށް ރަނގަޅު މަޢުލޫމާތާއި އިންޑިއާގެ ތަޖްރިބާ ސިވިލް ސަރވިސްގެ ކަންކަމާއި ސަރުކާރު ހިންގުމުގައި ހިއްސާކޮށްދެވޭ ގޮތައް ފަރުމާކޮށްފައެވެ. އިންޑިއާގެ 2 ސިޓީ އެއްކަމުގައިވާ މަސޫރީ އާއި ނިއު ދިއްލީގައި ކުރިއަށްގެންދެވޭ މި ތަމްރީނު ޕްރޮގްރާމްގައި ތަޖްރިބާ ހޯދޭގޮތަށް ތަންތަނަށް ޒިޔާރަތްކުރުންވެސް ހަމަޖެހިފައިވެއެވެ. އަދި ދެ ޤައުމުގެ ޡަޤާފީ ހަރަކާތްތައް ދައްކުވާދޭ ޝޯ އެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް

އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާއަށް ފުރައިފި
30 އޮކްޓޯބަރ 2022

ތަމްރީނާއި ތަޖްރިބާ ހާޞލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާ އަށް
24 ޖުލައި 2022

ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދެއް ސްޓަޑީ ވިޒިޓެއްގައި އިންޑިއާއަށް ފުރައިފި
12 ޖޫން 2022

އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ސީނިއަރ ސިވިލް ސަރވެންޓުން އިންޑިއާއަށް ފުރައިފި
29 މެއި 2022

ތަމްރީނާއި ތަޖުރިބާ ހާޞިލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޓީމެއް އިންޑިއާ އަށް
07 މެއި 2022