28 މާޗް 2022
އަތޮޅުތައް ތަމްޞީލުކުރައްވާ، ސީ.އެސް.ޓީ.އައި ގެ "އެޓޯލް ޓްރެއިނަރުން" ގެ ގޮތުގައި މަސައްކަތްކުރައްވާނެ ފަރާތްތަކަށް އަމާޒުކޮށް "ހިންގާ ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް" މިއަދު ކޮމިޝަނުގެ ރައީސް އިފްތިތާހްކޮށްދެއްވައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އަތޮޅު ތެރޭގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް ބޭނުންވާނެ ތަމްރީނުތައް ދެނެގަނެ، އެ ތަމްރީނުތަކަށް ބިނާކޮށް އަހަރުގެ ޓްރެއިނިންގ ޕްލޭން އެކުލަވާލައި އަދި ޓްރެއިނިންގ ޕޮލިސީ ތަންފީޒުކުރުމުގައި ސީ.އެސް.ޓީ.އައި އާއި ގުޅިގެން އެންމެ އިސް ރޯލެއް އަދާ ކުރާނެ ޓްރެއިނަރުން ބިނާކުރުމެވެ. އެގޮތުން އެ އަތޮޅެއްގައި ޓްރެއިނިންގ އާ ގުޅޭ އެންމެހާ އިންތިޒާމްތައް ކުރިއަށް ގެންދާނީ މި ބޭފުޅުން ކަމުގައި ކަނޑައަޅައި، އެ ފަރާތްތަކުގެ ވަޒީފާގެ ބަޔާނުގެ މަސްޢޫލިއްޔަތުގެ ތެރޭގައި މި މަސައްކަތް ވަނީ ހިމަނާފައެވެ.
3 ދުވަހުގެ މުއްދަތަށް، 2022 މާރިޗު 28 އިން 30 ގެ ނިޔަލަށް، ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ސިވިލް ސަރވިސް ގަވާއިދު، ޕަރފޯމަންސް އެޕްރައިޒަލް، އިންޑަކްޝަން ޕްރޮގްރާމް، އަދި ސީ.އެސް. ވިއުގަ 2.0 އާ ގުޅޭ ސެޝަންތަކުގެ އިތުރުން އެކިއެކި އުޞޫލުތަކާއި އިންޓަރނަލް އޮޑިޓިންގ އާ ގުޅޭ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ. މިއަހަރުގެ މި ޕްރޮގްރާމްގައި އެކި އަތޮޅުތަކުން 20 ފަރާތެއް ބައިވެރިވެއެވެ. މި ޕްރޮގްރާމަކީ، ޓްރެއިނަރުންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށް މައުލޫމާތު ތާޒާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބައިވެރިން މާލެ ގެނެސް، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން މެންބަރުން ވަނީ ބައިވެރިންނާ މުޙާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މެންބަރުންގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ކައުންސިލުން ރައްޔިތުންނަށް ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ޤާބިލް މުވައްޒަފުން ބިނާކުރުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. އަދި ރަނގަޅު ޓްރެއިނިންގ އަދި އެޗް.އާރް ޕްލޭން އެކުލަވާލައި ތަފާތު ދާއިރާތަކަށް ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގައި، އެޓޯލް ޓްރެއިނަރުން އިސްނަގައިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވާފައިވެއެވެ.
ފަހުގެ ޚަބަރުތައް
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ތިންވަނަ ސެޝަންގެ ތެރެއިން
23 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފުރަތަމަ ސެޝަންގެ ތެރެއިން
23 ސެޕްޓެމްބަރ 2026
ކޮމިޝަނުން މުލަކަތޮޅު ވޭވަށު ކައުންސިލާއިއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
23 ސެޕްޓެމްބަރ 2026
ކޮމިޝަނުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
23 ސެޕްޓެމްބަރ 2026