18 އޭޕްރީލް 2022

ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރިއަލް ޓައިމްކޮށް މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލޭނެ ނިޒާމެއް މިހާރު ވަނީ ތަޢާރަފުކުރެވިފައެވެ. މި ނިޒާމުގެ ތެރެއިން މުވައްޒަފުންނާ ޙަވާލުކުރެވޭ ޓާގެޓްތަކާއި ޓާސްކުތައް ކަނޑައަޅައި، ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް މުވައްޒަފުން މަސައްކަތްކުރަމުންދާ ގޮތް ބަލައި، އިވެލުއޭޓްކޮށް އަދި މަސައްކަތް ނިންމާފައިވާ ގޮތުގެ ފީޑްބެކް ދެވޭނެއެވެ.
މި ގޮތުން، މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލަށް 2022 ވަނަ އަހަރު ގެނެވުނު މައިގަނޑު ބަދަލުގެ ތެރޭގައި، ދެ ވައްތަރެއްގެ ޓާސްކު ނުވަތަ ޓާގެޓް އަޅައި، އިވެލުއޭޓްކުރެވޭނެގޮތް ހެދުން ހިމެނެއެވެ. "ރޫޓިން" ޓާސްކު ނުވަތަ ޓާގެޓްއަކީ މުޅި އަހަރުތެރޭގައި ކޮންޓިނުއަސްކޮށް ކުރަންޖެހޭ މަސައްކަތްތައް ކަމަށް ވުމާއެކު، މުޅި އަހަރުގެ ތެރޭގައި ކަނޑައެޅޭ ވަގުތުތަކެއްގައި ރެގިއުލަރކޮށް އިވެލުއޭޓްކޮށް މާކުސްދެވޭނެއެވެ. "ޓައިމްބައުންޑް" ޓާސްކު ނުވަތަ ޓާގެޓަކީ ވަކި ސުންގަޑިއަކަށް މަސައްކަތެއް ނިންމުމަށް ކަނޑައެޅިފައިވާ ޓާގެޓް ނުވަތަ ޓާސްކްއަކަށް ވުމާއެކު، އެ މުއްދަތެއް ނިމުމުން އެ ޓާސްކު ނުވަތަ ޓާގެޓެއް އިވެލުއޭޓްކޮށް މާކުސްދެވޭނެއެވެ. އަދި، ހަމައެއާއެކު މި ނިޒާމުގެ ތެރެއިން މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކާއި ކޮމްޕީޓެންސީތައްވެސް މަހުން މަހަށް އިވެލުއޭޓްކުރެވިގެންދާނެއެވެ.
މި ގެނެވެނު ބަދަލުގެ ސަބަބުން މަސައްކަތު ފެންވަރު ބެލުމުގައި ދިމާވާ ވަރަށް ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެއެވެ. އަދި، މުވައްޒަފުންގެ މަސައްކަތްތައް ގާތުން ބަލައި ވަގުތުން ވަގުތަށް ފީޑްބެކު ދެމުންގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން މުވައްޒަފުންގެ މަސައްކަތަށް ހެޔޮ ބަދަލު ގެނެވި، ސަރުކާރުން އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބާރުލިބިގެން ދިއުމާއެކު، މުވައްޒަފުންގެ މަސައްކަތުގެ ސްޕީޑަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގައި ބެލެވެއެވެ.
މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމު ސިވިލް ސަރވިސްއަށް ތައާރަފްކުރެވިފައިވަނީ 1 ފެބުރުވަރީ 2009 ވަނަ އަހަރުއެވެ. މި ނިޒާމު ހަރުދަނާ ކުރުމަށް އެކި މަސައްކަތްތައް ކުރެވި، 2021 ވަނަ އަހަރު ވަނީ ޑިޖިޓަލައިޒްކުރެވިފައެވެ. އަދި މިހާރު، ސިވިލް ސަރވިސް މުވައްޒަފުންގެ ކވަޒީފާއާބެހޭ މަޢުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ ސީއެސްވިއުގަ އޮންލައިން ޕޯޓަލްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމަށް 2021 ވަނަ އަހަރު ތަޢާރަފު ކުރެވުނު "އީ- ޕަރފޯމަންސް މެނޭޖްމަންޓް" މޮޑިއުލް ބަދަލުތަކަކާއެކު މި ހިނގާ އޭޕްރީލް މަހު ވަނީ އާންމުކޮށް ބޭނުންކުރަން ފަށައިފައެވެ.
ފަހުގެ ޚަބަރުތައް

އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާއަށް ފުރައިފި
30 އޮކްޓޯބަރ 2022

ތަމްރީނާއި ތަޖްރިބާ ހާޞލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާ އަށް
24 ޖުލައި 2022

ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދެއް ސްޓަޑީ ވިޒިޓެއްގައި އިންޑިއާއަށް ފުރައިފި
12 ޖޫން 2022

އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ސީނިއަރ ސިވިލް ސަރވެންޓުން އިންޑިއާއަށް ފުރައިފި
29 މެއި 2022

ތަމްރީނާއި ތަޖުރިބާ ހާޞިލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޓީމެއް އިންޑިއާ އަށް
07 މެއި 2022