ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ޢާންމުކޮށްފައިވާ ފިޔަވަޅުތަކަށް އިދާރާތަކުން އަމަލުކުރުމާގުޅޭ ސަރކިއުލަރ އެއް ސިވިލް ސަރވިސް ކޮމިޝަނުން ނެރެފި

07 މެއި 2020


194*364

މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-B3/CIR/2020/30 (16 މޭ 2020) މާލިއްޔަތުގެ ސަރކިއުލަރއިން ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ޢާންމުކުރައްވާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމުގައި ސިވިލް ސަރވިސްގެ އިދާރާތަކުން އަމަލުކުރައްވަމުން ގެންދަންވީގޮތުގެ ފިޔަވަޅުތަކާއި ގުޅޭ ސަރކިއުލަރ އެއް މިއަދު އެ ކޮމިޝަނުން ނެރެފިއެވެ.
މި ސަރކިއުލަރގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އަސާސީ މުސާރައިގެ ގޮތުގައި 20,000 އަށްވުރެ މަތިން ލިބޭ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައިން، ސަރކިއުލަރގައި ކަނޑައަޅާފައިވާ ނިސްބަތުން އެ މިންވަރަށް އަސާސީ މުސާރައިން އުނިކުރެވޭނެކަމަށާއި ސިވިލް ސަރވިސްގެ މުވައްޒަފުން ގެއަށް ގެންދަންލިބޭ ޖުމުލަ މުސާރައާއި އިނާޔަތްތައް (އުޖޫރަ)، ކަނޑައަޅާފައިވާ އަސާސީ މުސާރައިގެ ގިންތިއަށް ނިޞްބަތްކޮށް ކަނޑައަޅާފައިވާ ސީލިންގއަށް ވުރެ އިތުރުވާ ނަމަ، އިތުރުވާ މިންވަރެއް އުނިކުރެވޭނެކަމަށެވެ. އަދި ސިވިލް ސަރވިސްގެ މަގާމެއްގައި ކޮންޓްރެކްޓް އުޞޫލުން ނުވަތަ ވޭޖްއެމްޕްލޯއިމަންޓުގެ އުޞޫލުން މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަވެސް މަތީގައި އެވާ ގޮތުގެ މަތީން އަމަލުކުރެވޭނެކަމަށެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުން ހަފްތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުވަންޖެހޭ ޙާލަތްތަކުގައި، 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އިތުރުގަޑީގެ ފައިސާދެވޭނެކަމަށާއި ނަމަވެސް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އިތުރުގަޑީގައި ކޮންމެހެން މަސައްކަތް ކުރުވަންޖެހޭ މުވައްޒަފުން ފިޔަވައި، އެހެން މުވައްޒަފުން އިތުރުގަޑީގައި މަސައްކަތް ނުކުރުވާ ގޮތަށް އިދާރާތަކުން ހަމަޖެއްސުމަށްވެސް މި ސަރކިއުލަރ ގައި ބަޔާންކޮށްފައިވެއެވެ.
އަދި މީގެ އިތުރުން ސިވިލް ސަރވިސްގެ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ކޮމިޝަނަށް ހުށަހެޅުމުގެ ކުރިން އަދި މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމުގެ ހުއްދަ އަށް އެދި 16 މޭ 2020 ގެ ފަހުން މިނިސްޓްރީ އޮފް ފިނޭންސަށް ލިޔުއްވައި، އެ މިނިސްޓްރީއިން ދެއްވާފައިވާ ހުއްދަޔާއެކު ވަޒީފާގެ ކަންތައްތައް ހަމަޖެއްސުމަށް އެދި ކޮމިޝަނަށް ހުށަހެޅުމަށްވެސް ސަރކިއުލަރގައި ބަޔާންކޮށްފައިވެއެވެ. ވަޒީފާގެ އޮނިގަނޑު ހަމަޖެހިފައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ލިބެންޖެހޭ ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކުރިން ވެސް އަމަލުކުރަމުން ގެންދިޔަ ގޮތަށް ސިވިލް ސަރވިސްގެ އިދާރާތަކުން ސީއެސްވިއުގަ މެދުވެރިކޮށް ކޮމިޝަނަށް ހުށަހެޅުއްވުން އަދި އަމިއްލަ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމުތައް ކޮމިޝަނަށް އީމެއިލް ([email protected]) ކުރެއްވަމުން ގެންދެވުމަށް ވަނީ މި ސަރކިއުލަރގައި އަންގަވާފައެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް