ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނު 2020 (ޤާނޫނު ނަންބަރު 2020/3) ރައީސުލްޖުމްހުރިއްޔާ މިއަދު ތަސްދީޤު ކުރެއްވުމާ ގުޅިގެން އެ ޤާނޫނުގެ 6 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ސިވިލް ސަރވިސް ކޮމިޝަނުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެން ސަސްޕެންޝަންގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފިއެވެ. އަދި މިކަން ބަޔާންކޮށް އެ ކޮމިޝަނުން ވަނީ ސަރކިއުލަރ (ނަންބަރު 18/2020) މިއަދު ނެރެފައެވެ.
މި ސަރކިއުލަރގައި ބަޔާންކޮށްފައިވާގޮތުގައި ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ޤާނޫނު 2020 ގެ 6 ވަނަ މާއްދާއިން ސަސްޕެންޝަން ބާތިލުވި ކަމުގައި ބަޔާންވެގެންވާތީ 10 މެއި 2020 އިން ފެށިގެން ސަސްޕެންޝަން ވަނީ އުވާލެވިފައިކަމަށެވެ. އެހެންކަމުން 10 މެއިން ފެށިގެން ސަސްޕެންޝަނުގައި ތިބި ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާތައް ރުޖޫއަވީއެވެ. އަދި މިވަގުތު ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ވަކި ޚާއްސަ އުޞޫލުތަކެއްގެ މަތީން ކަމުގައި ވާތީ އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތް ވަގުތީގޮތުން ހަވާލުކުރެވިފައިވާ ފަރާތުން އަންގަވާގޮތެއްގެ މަތިން މި މުވައްޒަފުން އޮފީހުގެ މަސައްކަތް ކުރުމުގައި އަމަލުކުރުމަށްވެސް މި ސަރކިއުލަރގައި ބަޔާންވެގެންވެއެވެ.
ސަސްޕެންޝަނުގައި ތިބި މުވައްޒަފުންގެ ސަސްޕެންޝަން އުވާލެވުނު ތާރީޚުން ފެށިގެން ރަމަޟާންމަހުގެ އިނާޔަތްފަދަ އިނާޔަތްތައްވެސް ލިބެންފަށާނެ ކަމުގައި ސަރކިއުލަރ ނިންމާލުމުގައި ބަޔާންކޮށްފައިވެއެވެ. ސަސްޕެންޝަނަށް ގޮތެއް ނުނިމި ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވަކި ތާރީޚެއްނޭގޭ ގޮތަށް ލަސްވުމާ ގުޅިގެން ސިވިލް ސަރވަންޓުން ތަހައްމިލު ކުރަން ޖެހުނު ތަކުލީފުތަކަށް ކޮމިޝަނުންވަނީ ހަމްދަރުދީވެ މިކަމަށް އަވަސް ހައްލެއް ގެނެވޭތޯ ތަފާތު ގޮތްގޮތުން މަސައްކަތް ކޮށްފައިކަން މި ފުރުސަތުގައި ފާހަގަކޮށްލަންޖެހެއެވެ
ފަހުގެ ޚަބަރުތައް
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024