ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ސިވިލް ސަރވިސް ކޮމިޝަން އުފެދިފައިވަނީ 23 އޮކްޓޫބަރު 2007 ގައެވެ. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 1 މޭ 2008 އިން ފެށިގެންނެވެ.
ތަސައްވުރު
މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި، ޤާބިލު، ހުނަރުވެރި ސިވިލް ސަރވިސްއެއް އުފެއްދުން
އަމާޒު
ޤައުމުގެ ތަރައްޤީއަށް އެއްބާރުލުން ދިނުމަށްޓަކައި ނަޒާހަތްތެރިކަމާއި، ގަޑިއަށް ފަރުވާތެރިވުމާއެކު މަސައްކަތްކުރާނެ އަދި ޝައުގުވެރިވާ މުވައްޒަފުންތަކެއް ބިނާކުރުން
ނަޒާހަތްތެރިކަން
ރިވެތި އަޚްލާޤު
ޤާބިލުކަން
ޢަޒުމް ވަރުގަދަވުން
ވަގުތަށް ކަމޭހިތުން
ނަޒާހަތްތެރިކަން
ރިވެތި އަޚްލާޤު
ޤާބިލުކަން
ޢަޒުމް ވަރުގަދަވުން
ވަގުތަށް ކަމޭހިތުން
ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސިވިލް ސަރވިސްއަށް މީހުން ހޯދުމާއި، މީހުން ޢައްޔަންކުރުމާއި، މީހުންނަށް މަޤާމުގެ ކުރިއެރުން ދިނުމާއި، މީހުންގެ ވަޒީފާ ބަދަލުކުރުމާއި، މީހުން ވަޒީފާއިން ވަކިކުރުން؛
(ށ) ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކެއް އިންތިޒާމްކުރުމާއި، އެއްމިންގަނޑަކުން ހިންގުމުގެ އުޞޫލުތައް ޤާއިމުކުރުން؛
(ނ) ސިވިލް ސަރވިސްގެ އެންމެހައި މަސައްކަތްތައް އެކަށީގެންވާ ހަލުވިމިނެއްގައި ކުރެވޭނެ އަދި ރަނގަޅު ނަތީޖާ ނެރެވޭ ގޮތްތަކަށް މިންގަނޑުތަކާއި އުޞޫލުތައް ކަނޑައަޅައި ރޭވުން؛
(ރ) ވަޒީފާތަކަށް މީހުން ހޯދުމާއި، ޢައްޔަންކުރުމާއި، ބަދަލުކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އުޞޫލުތައް ކަނޑައެޅުން؛
(ބ) ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިކަން ހިންގާ ފަރާތަށާއި، ރައްޔިތުންގެ މަޖިލީހަށް މަޢުލޫމާތު ދެމުން ގެންދިއުން.
-
ސިވިލް ސަރވިސް ޤާނޫނު
ސިވިލް ސަރވިސް ޤާނޫނު (5/2007) ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުން
02 މެއި 2007
-
ކޮމިޝަން އުފެއްދުން
ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންގެ 5 މެންބަރުން އައްޔަން ކުރައްވައި ކޮމިޝަން އުފެއްދެވުން
23 އޮކްޓޯބަރ 2007
-
ކޯޑް އޮފް ކޮންޑަކްޓް
ދިވެހި ސިވިލް ސަރވިސްގެ ފުރަތަމަ ކޯޑް އޮފް ކޮންޑަކްޓް އާންމުކޮށް އިއުލާނުކުރުން
06 މާޗް 2008
-
ޕާމަނަންޓް ސެކްރެޓަރީން ހަމަޖެއްސުން
ސަރުކާރުގެ އޮފީސްތަކަށް ފުރަތަމަ ފަހަރަށް 16 ޕާމަނަންޓް ސެކްރެޓަރީން އައްޔަނުކުރުން
01 މެއި 2008
-
ޤާނޫނަށް ޢަމަލުކުރަން ފެށުން
ދިވެހި ސިވިލް ސަރވިސް ޤާނޫނު (5/2007) އަށް އަމަލުކުރަން ފެށުން
01 މެއި 2008
-
ވަޒީފާއާ ބެހޭ ޤާނޫނު
ވަޒީފާއާ ބެހޭ ޤާނޫނަށް އަމަލުކުރަން ފެށުން
09 ޖުލައި 2008
-
ސިވިލް ސަރވިސް ޤާނޫނު ފުރަތަމަ އިސްލާހު
ސިވިލް ސަރވިސް ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (7/2008) ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުން
05 އޯގަސްޓް 2008
-
މަސައްކަތުގެ ފެންވަރު ބެލުން
ސިވިލް ސަރވިސް މުވައްޒަފުންގެ ފެންވަރުބަލާ ނިޒާމެއް އެކުލަވާލާ އަމަލުކުރަން ފެށުން
01 ފެބްރުއަރީ 2009
-
ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް
ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް އުފައްދާ ރަޖިސްޓްރީ ކުރުން
28 ޑިސެމްބަރ 2009
-
ސިވިލް ސަރވިސް ޤަވާއިދު 2010
ދިވެހި ސިވިލް ސަރވިސް ޤަވާއިދު 2010 އަށް އަމަލުކުރަން ފެށުން
01 މެއި 2010
-
ތައިލެންޑްގެ ސިވިލް ސަރވިސް ކޮމިޝަން އެމް.އޯ.ޔޫ
ތައިލެންޑްގެ ސިވިލް ސަރވިސް ކޮމިޝަނާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
22 ޖޫން 2010
-
ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ޤަވާއިދު
ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ޤަވާއިދު އާންމުކުރުން
01 ޖޫން 2011
-
ސްލީޑާ އެމް.އޯ.ޔޫ
ސްރީލަންކަން އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (ސްލީޑާ) އާއިއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
16 ޖޫން 2011
-
އޭ.އައި.ޓީ އެމް.އޯ.ޔޫ
ތައިލެންޑްގެ އޭޝިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އޭ.އައި.ޓީ) އާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
25 ޖުލައި 2011
-
އެމް.ޑީ.ސީ އެމް.އޯ.ޔޫ
މެނޭޖްމަންޓް ޑިވެލޮޕްމަންޓް އިންސްޓިޓިއުޓް އޮފް ސިންގަޕޯރ (އެމް.ޑީ.އައި.އެސް)ގެ ގޮތްޕެއް ކަމަށްވާ މެނޭޖްމަންޓް ޑިވެލޮޕްމެންޓް ކޮންސަލްޓެންސީ (އެމް.ޑީ.ސީ) އާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
05 ސެޕްޓެމްބަރ 2011
-
ސިންގަޕޫރުގެ ސިވިލް ސަރވިސް ކޮލެޖް އެމް.އޯ.ޔޫ
ސިންގަޕޫރުގެ ސިވިލް ސަރވިސް ކޮލެޖްއާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
08 ސެޕްޓެމްބަރ 2011
-
ފުރަތަމަ ކޮމްޕްލަޔަންސް އޮޑިޓް
ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ފުރަތަމަ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް ތައްޔާރުކުރުން
05 އޮކްޓޯބަރ 2011
-
ސީ.އެއް ވިއުގަ ބޭނުންކުރަން ފެށުން
މިނިސްޓްރީތަކުގައާއި އެހެނިހެން އިދާރާތަކުގައި ސީ.އެސް ވިއުގަ ބޭނުންކުރަން ފެށުން
01 ނޮވެމްބަރ 2011
-
ސިިވިލް ސަރވިސް ދުވަސް
ސިިވިލް ސަރވިސް ދުވަހުގެ ގޮތުގައި 1 މެއި ހަމަޖައްސައި ފުރަތަމަ ފަހަރަށް ފާހަގަ ކުރުން
01 މެއި 2012
-
ސިވިލް ސަރވިސް ޤަވާއިދު 2012
ދިވެހި ސިވިލް ސަރވިސް ޤަވާއިދު 2012 އަށް އަމަލުކުރަން ފެށުން
01 ޖޫން 2012
-
ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެމް.އޯ.ޔޫ
ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
17 ޖުލައި 2012
-
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އެމް.އޯ.ޔޫ
ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް އިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
18 ސެޕްޓެމްބަރ 2012
-
ސިވިލް ސަރވިސް އެވޯޑް 2012
ފުރަތަމަ ފަހަރަށް ސިވިލް ސަރވިސް އިނޮވޭޝަން އެވޯޑް ދިނުން
21 އޮކްޓޯބަރ 2012
-
ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯސް
ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯސް އިފްތިތާޙް ކުރުން
27 ޖަނަވަރީ 2013
-
ސިންގަޕޯރ ކޯޕަރޭޝަން އެންޓަޕްރައިޒް އެމް.އޯ.ޔޫ
ސިންގަޕޯރ ކޯޕަރޭޝަން އެންޓަޕްރައިޒް އާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
29 އޭޕްރީލް 2013
-
ސިވިލް ސަރވިސް ކޮމިޝަން އައި.އެސް.އޯ ސަޓިފައިވުން
ސިވިލް ސަރވިސް ކޮމިޝަން އައި.އެސް.އޯ 9001:2008 މިންގަނޑަށް ސަޓިފައިވުން
21 ސެޕްޓެމްބަރ 2013
-
އެޑްމިނިސްޓްރޭޓިވް ސްޓާފް ކޮލެޖް އޮފް އިންޑިޔާ އެމް.އޯ.ޔޫ
އެޑްމިނިސްޓްރޭޓިވް ސްޓާފް ކޮލެޖް އޮފް އިންޑިޔާ އާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
17 އޮކްޓޯބަރ 2014
-
ސިވިސް ސަރިވިސް ކޮންފަރެންސް 2014
ފުރަތަމަ ފަހަރަށް ދިވެހި ސިވިސް ސަރިވިސް ކޮންފަރެންސް ބޭއްވުން
28 އޮކްޓޯބަރ 2014
-
ސިވިލް ސަރވިސް ޤަވާއިދު 2014
ދިވެހި ސިވިލް ސަރވިސް ޤަވާއިދު 2014 އަށް އަމަލުކުރަން ފެށުން
01 ޑިސެމްބަރ 2014
-
ސިވިލް ސަރވިސް އެވޯޑް 2014
ސިވިލް ސަރވިސް އިނޮވޭޝަން އެވޯޑް 2014 ދިނުން
17 މާޗް 2015
-
ޗައިނީސް އެކެޑަމީ އޮފް ގަވަރނަންސް އެމް.އޯ.ޔޫ
ޗައިނީސް އެކެޑަމީ އޮފް ގަވަރނަންސް އާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
26 މެއި 2015
-
ސިވިލް ސަރވިސް ވިއުގަ 2.0
ސިވިލް ސަރވިސް ވިއުގަ 2.0 އިފްތިތާޙްކުރުން
12 އޯގަސްޓް 2015
-
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އެމް.އޯ.ޔޫ
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
15 އޮކްޓޯބަރ 2015
-
ސިވިލް ސަރވިސް ކޮންފަރެންސް 2016
ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2016 ބޭއްވުން
11 މެއި 2016
-
ސިވިލް ސަރވިސް އީޖާދީ އިނާމު 2016
ސިވިލް ސަރވިސް އީޖާދީ އިނާމް 2016 ދިނުން
12 މެއި 2016
-
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ "މުވައްޒަފުންގެ ސްކީމު" އެމް.އޯ.ޔޫ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ "މުވައްޒަފުންގެ ސްކީމު" އެމް.އޯ.ޔޫ ގައި ސޮއިކުރުން
19 ޖޫން 2016
-
ދިވެހި ބަހުގެ އެކެޑަމީ އެމް.އޯ.ޔޫ
ދިވެހި ބަހުގެ އެކެޑަމީ އާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
24 ޖުލައި 2016
-
ތައިލެންޑްގެ ސިވިލް ސަރވިސް ކޮމިޝަން އެމް.އޯ.ޔޫ އައުކުރުން
ތައިލެންޑްގެ ސިވިލް ސަރވިސް ކޮމިޝަނާއެކު ސޮއިކޮށްފައިވާ އެމް.އޯ.ޔޫ އައުކުރުމަށް ސޮއިކުރުން
03 އޯގަސްޓް 2016
-
އެޑްމިނިސްޓްރޭޓިވް ސްޓާފް ކޮލެޖް އޮފް އިންޑިޔާ އެމް.އޯ.ޔޫ އައުކުރުން
އެޑްމިނިސްޓްރޭޓިވް ސްޓާފް ކޮލެޖް އޮފް އިންޑިޔާ އާއެކު ސޮއިކޮށްފައިވާ އެމް.އޯ.ޔޫ އައުކުރުމަށް ސޮއިކުރުން
28 ސެޕްޓެމްބަރ 2016
-
ވާރލްޑް ބޭންކް ގްރޫޕް އެމް.އޯ.ޔޫ
ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް އިން ވާރލްޑް ބޭންކް ގްރޫޕް އާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން
04 އޮކްޓޯބަރ 2016
-
ސީއެސް ވިއުގަ އޮންލައިން ޕޯޓަލް
ސީއެސްވިއުގަ އޮންލައިން ޕޯޓަލް ތައާރަފްކުރުން
03 ޖަނަވަރީ 2021
-
ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއު
ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއު އިފްތިތާހުކުރައްވައިފި
30 ޑިސެމްބަރ 2021
-
ސީއެސްސީ މޯބައިލް އެޕް
ސީއެސްސީ މޯބައިލް އެޕް ތަޢާރަފްކުރުން
06 ޖަނަވަރީ 2022