ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީތަކަށް ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސެންދެން ވަގުތީ ގޮތުން އެ ޒިންމާ އަދާކުރައްވާނެ މުވައްޒަފުން ކަނޑައަޅުއްވައިފި.

18 ނޮވެމްބަރ 2018



ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީތަކަށް ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސެންދެން ވަގުތީ ގޮތުން އެ ޒިންމާ އަދާކުރައްވާނެ މުވައްޒަފުން ކަނޑައަޅުއްވައިފިއެވެ. މިގޮތުން ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީތަކުގެ ތެރޭން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ޑިރެކްޓަރ ޖެނެރަލްކަމުގައި ހުންނެވި އަލްފާޟިލާ ޙައްވާ ނަޒްލާއާއެވެ. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި އަލްފާޟިލް އިލްޔާސް އަޙްމަދާއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޙަސަން ޝަރީފެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޢަބްދުއްރަޙީމް ޙަސަންއާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކުރައްވާފައި ވަނީ އަލްފާޟިލާ ފާޠިމަތު ޝާނާ ފާރޫޤްއާއެވެ. މި ބޭފުޅުންނަށް މި ޒިންމާ ހަވާލުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވީ މިކަމަށްޓަކައި މިއަދު ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. މި ރަސްމިއްޔާތުގައި ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި މިނިސްޓްރީތަކުގައި މަސައްކަތްކުރައްވާއިރު އެ މިނިސްޓްރީއެއްގެ ވަޒީރަކާއި ވީހާވެސް ގުޅިގެން ސިވިލް ސަރވިސްގެ ޤާނޫނުނާއި ޤަވާޢިދާއި ކަމާގުޅުންހުރި އެހެން ޤާނޫނުތަކާއި ޤަވާޢިދުތަކާވެސް އެއްގޮތްވާގޮތުގެ މަތިން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސިވިލް ސަރވިސްއާ ގުޅޭ މުހިންމު ލިޔެކިއުންތަކާބެހޭ މައުލޫމާތު އެބޭފުޅުންނާ ހިއްސާކުރެއްވިއެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް