ލ . ދަނބިދޫ ކައުންސިލުން ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފި

19 ނޮވެމްބަރ 2018



ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވިގައި ދަނބިދޫ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެ ކައުންސިލުގެ ރައީސް ހުޞައިން އަޝްރަފާއި ކައުންސިލުގެ މެންބަރު ހުޞައިން ފަޒީލެވެ. ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ކައުންސިލަށް ދިމާވެފައިވާ ބައެއް ދަތިތަކާއި އެކަންކަން ހައްލުކުރުމުގައި ކޮމިޝަނުން ކުރެވިދާނެ ކަންކަމާގުޅޭގޮތުންނެވެ.

  •  

ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307