21 ނޮވެމްބަރ 2018
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ހިންގި ކޯސްތަކުން 2018 ވަނަ އަހަރު 155 ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓާއި އެވޯޑް ހާސިލްކޮށްފިއެވެ. މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި މި ހަފްލާގައި ސީއެސްޓީއައި ހިންގި ޖުމްލަ 5 ކޯހެއްގެ ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. އެ 5 ކޯހަކީ "ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން" ކޯހާއި "ސެޓްފިކެޓް 3 އިން އެކައުންޓިން އެންޑް ފައިނޭންޝިއަލް އެޑްމިނިސްޓްރޭޝަން" ކޯހާއި "އިންގްލިސް ލޭންގްއޭޖް ޕްރޮފިޝަންސީ ފޯ އެގްޒެކެޓިވް" ކޯހާއި، ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމާއި، "ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން" ކޯހެވެ. މި 5 ކޯހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން ބައިވެރިވެފައިވާއިރު ކޯސްތައް ޖުމްލަ 155 ދަރިވަރުން ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. މި ކޯސްތަކުގެ ތެރޭން ކޮންމެ ކޯހެއްގެ 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ މި ހަފްލާގެ ޝަރަފުވެރި މެހުމާން، މާލެ ސިޓީކައުންސިލުގެ މޭޔަރ ޝިފާ މުޙައްމަދެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024