21 ނޮވެމްބަރ 2018
އީ-ގަވަނަންސާ ބެހޭގޮތުން ޗައިނާގައި ބާއްވާ ބައިނަލް އަޤްވާމީ ސެމިނާރއެއްގައި ބައިވެރިވުމަށް ކޮމިޝަނުގެ ވަފުދެއް ޗައިނާއަށް ފުރައިފިއެވެ. ޗައިނާގެ ގުއަންޒޯގައި މިމަހުގެ 22 އިން 24 އަށް ބާއްވާ "އިންޓަރނޭޝަނަލް ސެމިނަރ އޮން އީގަވަރނަންސް: ޓެކްނޮލޮޖިކަލް އިނޮވޭޝަން އެންޑް ލީގަލް ގެރެންޓީ" ސެމިނަރ އަކީ ޗައިނާގެ އީސްޓަން ރީޖަނަލް އޮގަނައިޒޭޝަން ފޯ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދަށުން ހިންގާ އީގަވަރނަންސް ރިސާޗް ސެންޓަރުން އިންތިޒާމުކުރާ ސެމިނާރއެކެވެ. މި ސެމިނަރގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ޒުހުރީއާ ކޮމިޝަނުގެ ޕަރފޯމަންސް މެނޭޖްމަންޓް ސެކްޝަނުގެ ޑިރެކްޓަރ ފާޠިމަތު ލަހްފާއެވެ. ކޮމިޝަނުގެ މި ވަފުދުން މި ސެމިނާރގައި މި ދާއިރާއިން ރާއްޖޭގެ ތަޖްރިބާ ހިއްސާކުރުމަށް 20 މިނެޓްގެ ޕްރެޒެންޓޭޝަނެއް ދޭގޮތަށް ހަމަޖެހިފައިވެއެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024