ގއ. ކޮނޑޭ ކައުންސިލާއި ކޮމިޝަނާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

22 ނޮވެމްބަރ 2018



ގއ. ކޮނޑޭ ކައުންސިލުން ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ޑިރެކްޓަރ ޖެނެރަލް ޢަބުދުﷲ ސަޢީދެވެ. ކޮނޑޭ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެ ކައުންސިލުގެ ރައީސް އަޙްމަދު ޢަބުދުލް ޙަކީމެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ކޮނޑޭކައުންސިލުގެ އިދާރާގެ ކަންކަން ކުރިޔަށްގެންދިއުމުގައި މުވައްޒަފުން މަދުކަމުގެ ސަބަބުން ދިމާވާ ދަތިތަކާ ހުރި ގޮންޖެހުންތަކާއި އެކަންކަމަށް ހައްލެއް ހޯދުމަށް ސިވިލް ސަރވިސްގެ ދާއިރާއިން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ.

  •  

ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307