ކޮމިޝަނުގެ މެންބަރު ފާޠިމަތު ރީނީ ޢަބުދުއްސައްތާރު މެންބަރުކަމުގެ 5 އަހަރުގެ ޓާމު ހަމަކުރައްވާ ވަކިވެވަޑައިގަތުން ފާހަގަކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި

27 ނޮވެމްބަރ 2018



ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ފާޠިމަތު ރީނީ ޢަބުއްސައްޠާރު ކޮމިޝަނުގެ މެންބަރުކަމުގެ 5 އަހަރުގެ ޓާމު ހަމަކުރައްވާ ވަކިވެ ވަޑައިގެންނެވުން ފާހަގަކުރުމަށް ކޮމިޝަނުގެ ސްޓާފުން އިސްނަގައިގެން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިއަދު ކޮމިޝަނުގައި ބޭއްވި މި ރަސްމިޔާތުގައި ކޮމިޝަނުގެ ހުރިހާ ސެކްޝަންތަކާއި ޔުނިޓްތަކުގެ ސްޓާފުން އަދި ކޮމިޝަނުގެ މެންބަރުން ބައިވެރިވިއެވެ.

ފާޠިމަތު ރީނީ ޢަބުދުއްސައްތާރު ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެވުނީ 28 ނޮވެންބަރު 2013ގައެވެ. ކޮމިޝަނުގެ މެންބަރަކަށް އައްޔަންކުރެއްވުމުގެ ކުރިން ރީނީ ވަނީ ޑިފެންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވާފައެވެ.

  •  

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް