ބުރަކޮށް މަސައްކަތްކުރާ ޚިދުމަތްތެރިންނަށް ކޮމިޝަނުން ޝުކުރުއަދާކޮށްފި

23 މާޗް 2020



މުޅި ދުނިޔެ އަށް މިއަދު ދިމާވެފައިވާ އަދި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރު ކަމުގައިވާ ކޮރީނާވައިރަސްގެ ވަބާއިން ދިވެހިން ރައްކާތެރި ކުރުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުންގެންދާ ޚިދުމަތްތެރީންގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި އަދި އެ ޚިދުމަތްތެރީން ރެއާ ދުވާލު ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރަމުންގެންދާ ބުރަ މަސައްކަތާއި ބޮޑު ޚިދުމަތަށް ޝުކުރުއަދާ ކުރުމުގެ ގޮތުން ދަރުބާރުގޭގެ ހަކުރާ މާލަމުގައި ގާއިމް ކޮށްފައިވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ސިވިލް ސަރވިސް ކޮމިޝަނުން ކަނަމަދު ކޭކް ގެ 2 ކޭކު ހަދިޔާކޮށްފިއެވެ.
މި ދެ ކޭކުގެ އައިސިންގައި ޖަހާފައިވަނީ "ޝުކުރިއްޔާ ޓީމް" އެވެ. މީގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ ލޯގޯ ޖަހައި މިއީ ހެޔޮއެދިފޮނުވާ ހަދިޔާއެއްކަންވެސް ލިޔެފައިވެއެވެ. އޮޕަރޭޝަން ސެންޓަރަށް މި 2 ކޭކް ހަދިޔާކުރުމުން އެފަރާތުންވަނީ އުފާވެރިކަމާއެކު ބަލާގަނެ އެފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކޮށް ކޮމިޝަނުން ހަދިޔާއެއް ފޮނުވުމުން ޝުކުރުއަދާކޮށްފައެވެ.
ކޮރޯނާވައިރަސް ގެ ވަބާ އިން ދިވެހިން ސަލާމަތް ކުރުމަށްޓަކައި ސަރުކާރުންވަނީ ވަރަށް ތާރީޚީ އަދި މުހިންމު ފިޔަވަޅުތަކެއް އަޅައި ސިއްޙީ ނުރައްކަލުގެ ކުއްލި ހާލަތު އިޢުލާނުކޮށް މާލެ އާއި އަތޮޅުތެރޭގައި އަދި ރިސޯރޓްތަކުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މި ފިޔަވަޅުތައް ތަންފީޒުކުރުމުގައާއި ހާލަތު ބަދަލުވަމުންދާނުދާގޮތް ބަލައި ޗެކްކުރުމަށް އަދި ރައްކާތެރިކަމުގެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ދައުލަތުގެ ގިނަ މުއައްސަސާތަކެއް ގުޅިގެން ގިނަ ޚިދުމަތްތެރިންތަކެއްދަނީ ރެއާ ދުވާލު ފަރުވާތެރިކަމާއެކު މަސައްކަތް ކުރަމުން ކަމުގައި ތަޢުރީފާއެކު ފާހަގަކޮށްލެވެއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް