ކޯވިޑް-19 ރޯގާއިން ސަލާމަތްވުމާއި ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭ ގޮތުން، ކޮމިޝަނުގެ މެމްބަރުންނާއި ޕަރމަނަންޓް ސެކްރެޓަރީންނާއި ކޮމިޝަނުގެ އިސްވެރިންނަށް މައުލޫމާތު ސެޝަނެއް ހިންގައިފިއެވެ. މި މައުލޫމާތު ސެޝަން ހިންގުނީ މިއަދު ބޭއްވުނު އެޑްވައިޒަރީ ކޮމެޓީ ބައްދަލުވުމުގެ ތެރޭގައެވެ. މި ސެޝަންގައި މަޢުލޫމާތު ދެއްވީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ޑރ. ފާތިމަތު ނަޒްލާ ރަފީޤުއެވެ.
ކޯވިޑް-19 ރޯގާއިން ރައްކާތެރިވުމަށް ސިވިލް ސަރވިސްގެ އިދާރާތަކުން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މިގޮތުން، ސިވިލް ސަރވިސްގެ އިދާރާތަކުގައި ދުރާލާ އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭގޮތުންނާއި، ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ކަންކުރަންވީ ގޮތާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓެރީންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސާ އަލްފާޟިލާ އާމިނަތު އީނާސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
"ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއެކު ސިވިލް ސަރވިސް ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއި ކުރައްވައިފި
08 ޖަނަވަރީ 2026
ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026
09 ޑިސެމްބަރ 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025