އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއެކު ސިވިލް ސަރވިސް ކޮމިޝަނުން ބައްދަލުކުރައްވައިފި

04 މާޗް 2020



އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބޭފުޅުންނާއެކު މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ޕްރޮމޯޝަންއާއި ގުޅޭގޮތުންނާއި އަދި އަލަށް އައްޔަން ކުރެވުނު ސީ.އެސް. 2 ރޭންކުގެ މުވައްޒަފުނާއި މެދު އަމަލު ކުރެވޭނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށެވެ. މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުްނ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. ކޮމިޝަނުގެ ފަރާތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް އެންމެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ކޮމިޝަނުގެ މެންބަރުން ވަނީ ދެއްވާފައެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307