ދިވެހިބަހުގެ އެކަޑަމީ އިން އެޑްވައިޒަރީ ކޮމިޓީ އަށް މަޢުލޫމާތުދެއްްވައިފި

03 މާޗް 2020



ދިވެހިބަހުގެ އެކަޑަމީ އިން ދިވެހިބަސް ރައްކައުތެރިކޮށް، ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމުގައި ދިމާވެފައިވާ ދަތިތަކާއި ހުރަސްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމުގެ މައްޗަށް ހަދައިފައިވާ ޕްރެޒެންޓޭޝަނެއް އެޑްވައިޒަރީ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ހިއްސާކުރައްވައިފިއެވެ. ދިވެހިބަހުގެ އެކަޑަމީ އަކީ، ދިވެހިބަހަށް އިސްކަންދިނުމުގެ ޤާނޫނު ނަންބަރު: 2011/9 ތަންފީޒު ކުރުމަށް ޓަކައި އުފައްދާފައިވާ މުއައްސަސާއެކެވެ.
މިއަދުގެ މި ބައްދަލުވުމުގައި އެކަޑަމީ ގެ ފަރާތުން މަޢުލޫމާތު ދެއްވެވީ އެކަޑަމީ ގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ އެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307