މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން ގެ ފަރާތުން ކޮމިޝަނާ އެކު މަޝްވަރާކުރައްވައިފި

03 މާޗް 2020



މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔުނިއަންގެ ހިންގާ ކޮމިޓީގެ 3 ބޭފުޅަކު ސައްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އޮތް ކަންބޮޑުވުންތަކާއި ސިވިލް ސަރވިސްގެ ތެރެއިން ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މިއަދު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވަވައި މަޝްވަރާކުރައްވަވައިފިއެވެ. ޔުނިއަންގެ ފަރާތުން ވަޑައިގެން ބޭފުޅުންގެ ތެރޭގައި އިސްކޮށް ހުންނެވީ އެ ޔުނިއަންގެ ރައީސް އަލްފާޟިލް މާހް ޖަބީން އެވެ. ކޮމިޝަނުގެ ފަރާތުން މެންބަރުންގެ ގޮތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި މެންބަރު ފާތިމަތު އާމިރާ އެވެ. އަދި ވަގުތީ ސެކެޓްރީ ޖެނެރަލް އަބްދުﷲ ސައީދުވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ގިނަ ސިވިލް ސަރވަންޓުންނަށް ވަޒީފާގައި ކުރިއަށްދެވޭނެ ގޮތަށް ޚާއްސަ އޮނިގަނޑުތަކެއް ހެދިފައިނެތުމާއި ވަޒީފާގެ ހައްޤުތަކެއް ގެއްލޭގޮތް މެދުވެރިވާ ކަމުގައި ބެލެވޭތީ، މިކަންކަމަށް އަވަސް ހައްލެއް ހޯދާދިނުމާ ގުޅޭގޮތުންނެވެ.
މި ކަންކަމުގައި އަވަސް ޙައްލެއް ހޯދާދެވޭތޯ ކޮމިޝަނުން މަސައްކަތް ކުރާކަމަށާއި، މިހާތަނަށް ސިއްޙީ ދާއިރާގެ ޚާއްސަ 5 އޮނިގަނޑެއް އެކުލަވާލެވި ތަންފީޒު ކުރެވޭ ކަމަށާއި، އިތުރު 2 އޮނިގަނޑަކަށް ހުއްދަ ހޯދުމަށް ޕޭކޮމިޝަނަށް ފޮނުވާފައިވާ ކަމަށާއި އަދި އިތުރު 19 އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ހަލުވިކޮށްކުރެވެމުންދާ ކަމުގެ މަޢުލޫމާތު ޔުނިއަންގެ ބޭފުޅުންނަށް ކޮމިޝަނުގެ ފަރާތުން އެރުވިއެވެ. އަދި ހުރިހާ އޮނިގަނޑުތަކެއް މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް އަމާޒުހިފިފައިވާ ކަމުގައިވެސް ކޮމިޝަނުން ހާމަކުރިއެވެ.
މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔުނިއަން އަކީ ސިއްޙީ ދާއިރާގެ މަސައްކަތްތެރެއިން މަސްލަހަތާއި، ހައްޤުގައި އަދި އިނާޔަތްތައް ކުރިއަރުވައި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޔުނިއަނެކެވެ. މީގެ އިތުރުން ޔުނިއަންގެ މެންބަރުންގެ ދުޅަހެޔޮކަމަށާއި ތަޢުލީމާއި ތަމްރީނު ކުރިއެރުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް