ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސިވިލް ސަރވިސް މުވައްޒަފުންގެ އެއްބާރުލުން އިތުރުކުރުމާއި ގުޅޭ

02 މާޗް 2020


194*364

ދިވެހި ސިވިލް ސަރވިސް ޚިދުމަތަކީ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ ދަށުން ދައުލަތުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭ މުސްތަގިއްލު ޚިދުމަތަކަށް ވާއިރު މި ޚިދުމަތް ދިނުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ދައުރަކީ، ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު، ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްކުރުމެއް ނެތި ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކާއި، ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުމެވެ. މި ގޮތުން އެންމެހައި ސިޔާސީ ނުފޫޒުތަކުން އެއްކިބާވެތިބެ، އެ ހިނދަކު ވެރިކަން ހިންގުމާ ހަވާލުވެއޮތް ސަރުކާރެއްގެ ސިޔާސަތު އެކަށައެޅުމުގައާއި، އެ ސިޔާސަތުތަކަށް އަމަލީސިފަ ގެނައުމުގައި އެހީތެރިވެދޭން ވާނެކަމުގައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ސިވިލް ސަރވިސްގެ އިދާރާތައް މެދުވެރިކޮށް ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތަކާއި، މަސައްކަތްތައް، އެ ޚިދުމަތެއް ނުވަތަ މަސައްކަތެއް ނިންމަންޖެހޭ އަވަސްމިނުގައި ނިންމުމަށާއި، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ މަޤްސަދުތަކާއި އަމާޒުތައް ހާސިލުކުރުމުގައި، ޚަރަދުކުޑަކޮށް، ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ފައިދާވާނޭ އުޞޫލުތަކުން، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ މަޤްސަދުތަކާއި، އަމާޒުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތް ކުރުމަށް ސިވިލް ސަރވިސްގެ އެންމެހާ މުވައްޒަފުންނަށް އަންގައި އެ ގޮތުގެ މަތިން ޢަމަލުތައް ބެހެއްޓުމަށް ސިވިލް ސަރވިސް ކޮމިޝަނުން ސިވިލް ސަރވިސް މުވައްޒަފުންނަށް އިލްތިމާސްކުރެއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް