މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ވަޒީރު އޮނަރަބަލް އައްޝައިޚް ޢިމްރާން ޢަބްދުﷲ ސިވިލް ސަރވިސް ކޮމިޝަނާ މިއަދު އެ މިނިސްޓްރީގައި ބައްދަލުކުރައްވަވައި އެ މިނިސްޓްރީ ހިންގުމުގައި ސިވިލް ސަރވިސް އާ ގުޅުންހުރި ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް އިންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް އެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އޮނިގަނޑުގެ ހުރި މައްސަލުތަކާއި އަދި މުވައްޒަފުން ތަމްރީނު ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާތަކެއްކުރައްވާފައެވެ. ތަފާތު މަސައްކަތްތަކެއް ކުރަމުންގެންދާއިރު މި މިނިސްޓްރީގެ ކަންކަން އަވަހަށް ހަމަޖައްސައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގައި ކޮމިޝަނުން ފުރިހަމައެއް ބާރުލުން މިނިސްޓަރަށާއި މިނިސްޓްރީ އަށް ލިބިވަޑައިގަންނަވާނޭ ކަމުގެ ކަށަވަރުކަން މި ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުން އަރުވާފައިވެއެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024