ސިވިލް ސަރވިސް ކޮމިޝަނުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

23 ފެބްރުއަރީ 2020



ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަ ހަފްލާއެއް މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ކުރިއަށްގެންގޮސްފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް ދުވަހާގުޅޭގޮތުންނާއި ދިވެހި ބަސް ދިރުވައިކުރިއެރުމުގެ މުހިންމުކަމުގެ މައުލޫމާތް ހިއްސާކުރުމުގެ ސެޝަންގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުން މަޢުލޫމާތު ދެއްވެވީ ރާއްޖޭގައި މިވަގުތު ހުންނެވި ދިވެހިބަހާއި ތާރީޚްއަށް ޚިދްމަތްކުރެއްވުމުގައި މަޝްހޫރުކަން ލިބިވަޑައިގެންފައިވާ އަލްއުސްތާޛް އަހްމަދު ޝާކިރެވެ. ކަށިމާޝާކިރުގެ ވާހަކަފުޅު ބިނާކުރެއްވެވީ ދުވަހަށްކަނޑައެޅިފައިވާ މަޢުޟޫކަމުގައިވާ " ދިވެހި ބަހުގެ ތާރީޚާއި ގުޅޭގޮތުންނެވެ. މި މައުޟޫއުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން، ދިރާސީނަޒަރަކުން ދިވެހީންގެ މައިދަރީބަސް ކަމުގައިވާ ދިވެހިބަހުގެ މުހިންމުކަމަށާއި، އެބަހުގެ ސަބަބުން ދިވެހީންގެ އައިޑެންޓިޓީ އޮޅުންފިލާ ކަމަށާއި، މިފަދަ މުހިންމު ގައުމީ ބަހާ އަކާމެދު އެއްވެސް ފަރާތަކުން ފަރުވާކުޑަކުރެވިގެން ނުވާނެކަން ބަޔާންކުރެއްވެވިއެވެ.
ބައިނަލްއަޤްވާމީ މާދަރީ ދުވަސްފާހަގަކުރުމަށް ބޭއްވުނު ހަފްލާގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްވެސް ވާހަކަފުޅުދެއްކެވިއެވެ. އެބޭފުޅާގެ ވާހަކަފުޅުގައި މަޢުލޫމާތުދެއްވުމަށް ވަޑައިގެންދެއްވި އަލްއުސްތާޛް އަހްމަދު ޝާކިރަށް ޝުކުރުއަދާކުރައްވަވައި ތާރީޚީ އަދި ބަހުގެ ޢިލްމް ވެރިއެއްގެ ގޮތުން މިފަދަ މަޢުޟޫއަކަށް އިންސާފުކުރެއްވުމަށް އެންމެ އެކަށޭނެ ފަރާތްކަމުގައި ފާހަގަކުރެއްވެވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް