ދެ ޕަރމަނަންޓް ސެކްރެޓަރީން އެ ބޭފުޅުންގެ މަޤާމުގެ ވައުދުގައި ސޮއިކުރައްވައިފި
18 ފެބްރުއަރީ 2020
އަލަށް އައްޔަނުކުރެވުނު 2 ޕަރމަނަންޓް ސެކްރެޓަރީ އިންގެ މަޤާމުގެ ވައުދު ގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރޭގައިކުރިއަށް ގެންދެވިއްޖެއެވެ.
މި ގޮތުން ވައުދުގައި ސޮއިކުރައްވަވާފައިވާ ޕަރމަނަންޓް ސެކްރެޓަރީއިންނަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް އައްޔަނުކުރެވުނު އަލްފާޟިލް ޢަބްދުލްޙަސީބް އިސްމާޢީލް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އޮފީހަށް އަލަށް އައްޔަނުކުރެވުނު އަލްފާޟިލާ އާމިނަތު ޝިފާނާ އެވެ.
މި ދެ ޕަރމަނަންޓް ސެކެރެޓަރީއިންނަށް މަރުޙަބާ ވިދާޅުވެ މަޤާމުގެ ވައުދު ހަވާލުކޮށްދެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.
ފަހުގެ ޚަބަރުތައް
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާޙުކޮށްފި
07 ޑިސެމްބަރ 2023
ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަނުގެ މަޤާމަށް އަލްފާޟިލް ޢަބްދުއްރަހީމް އަބްދުﷲ، އަރާއިރު / ލ. ފޮނަދޫ، ހަމަޖައްސަވައިފި
05 އޮކްޓޯބަރ 2023
އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާއަށް ފުރައިފި
30 އޮކްޓޯބަރ 2022
ތަމްރީނާއި ތަޖްރިބާ ހާޞލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާ އަށް
24 ޖުލައި 2022