ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަނުގެ މަޤާމަށް އަލްފާޟިލް ޢަބްދުއްރަހީމް އަބްދުﷲ، އަރާއިރު / ލ. ފޮނަދޫ، ހަމަޖައްސަވައިފި

05 އޮކްޓޯބަރ 2023



ޤާނޫނު ނަންބަރު 2010/5 (ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންވެފައިވާ ގޮތުން އެ ޤާނޫނުގެ ދަށުން ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމުކޮށް ބަލަހައްޓަންޖެހޭނީ "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" އެވެ. ހަމަ އެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަޤާމަށް މީހަކު ހަމަޖައްސަންޖެހޭނީ އިންތިޙާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުމާއެކު، މިއަދު 05 އޮކްޓޫބަރު 2023 ގައި "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަޤާމަށް އަލްފާޟިލް ޢަބްދުއްރަހީމް އަބްދުﷲ، އަރާއިރު / ލ. ފޮނަދޫ، ކޮމިޝަނުން ހަމަޖައްސަވައިފިއެވެ.

މި ރަސްމިއްޔާތުގައި ޕީ.ޕީ.އެމް / ޕީ.އެން.ސީގެ ލީޑަރޝިޕްގެ ގިނަ މެންބަރުންނާއި، ކޮމިޝަނުގެ ރައީސާއި ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ މަސައްކަތުގައި ސިވިލް ސަރވިސްގެ ތެރެއިން ދެވެންއޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަނުގެ ވާހަކަފުޅުގައި، ކޮމިޝަނުގެ މަސްއޫލިއްޔަތު އެހާ އަވަހަށް އަދާކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ މަސައްކަތްތައް ވީހާވެސް އަވަހަށް ފުރިހަމައަށް ކުރެއްވުމަށް ކޮމިޝަނުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރުދެންނެވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް