29 މެއި 2022

ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސީނިއަރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން އިންތިޒާމްކުރާ 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ޓީމެއް މިއަދު ހަވީރު އިންޑިއާ އަށް ފުރައިފިއެވެ. މި ޕްރޮގްރާމް އަމާޒުކުރެވިފައި ވަނީ ސިވިލް ސަރވިސްގެ އިސް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އެގޮތުން ކައުންސިލް އިދާރާތަކުގައި މަސައްކައްކުރާ ސެކްރެޓަރީ ޖެނެރަލުންނާއި މިނިސްޓްރީތަކުގެ ޕަރމެނަންޓް ސެކްރެޓަރީން ހިމެނޭ ގޮތަށް ޖުމްލަ 39 ފަރާތެއް މި ޓީމުގައި ހިމެނެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، މެއި 30 އިން ޖޫން 3 ގެ ނިޔަލަށް އިންޑިއާގެ މަސޫރީ، އަދި ދިއްލީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެއެވެ. މި ޕްރޮގްރާމް ފަރުމާކުރެވިފައިވާއިރު ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް، އެތަންތަނުގެ އިސް ވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދޭނެ ގޮތް މަގުފަހިކުރެވިފައިވާނެއެވެ. މީގެ އިތުރުން މި ދަތުރުގައި ދިއްލީގެ ސަޤާފީ ތަންތަނަށްވެސް ބައިވެރިން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ، ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެން.ސީ.ޖީ.ޖީ އާއެކު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާއަށް ފުރާ 12 ވަނަ ބެޗެވެ. މި ޓީމުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ މިނިސްތްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމެނަންޓް ސެކްރެޓަރީ އަލްފަޟިލާ ޒީނިޔާ އަޙްމަދު ޙަމީދުއެވެ.
ފަހުގެ ޚަބަރުތައް

ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދެއް ސްޓަޑީ ވިޒިޓެއްގައި އިންޑިއާއަށް ފުރައިފި
12 ޖޫން 2022

އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ސީނިއަރ ސިވިލް ސަރވެންޓުން އިންޑިއާއަށް ފުރައިފި
29 މެއި 2022

ތަމްރީނާއި ތަޖުރިބާ ހާޞިލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޓީމެއް އިންޑިއާ އަށް
07 މެއި 2022

އިންޑިއާގައި ބޭއްވޭ ތަމްރީނަށްފުރާ ސިވިލް ސަރވަންޓުންނާ އިންޑިއާ އެމްބެސެޑަރ ބައްދަލުކުރައްވައިފި
28 އޭޕްރީލް 2022
-02.jpeg)
މިނިސްޓްރީ އޮފް ފިނޭންސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޙްމަދު ސިރާޖް
27 އޭޕްރީލް 2022