30 ޖަނަވަރީ 2020
މި ފެށޭ ފެބުރުވަރީ 2 އިން 16 އަށް އިންޑިއާގެ ނެޝަނަލް ސެންޓަރ ފޮ ގުޑް ގަވަރނަންސްގައި "ފީލްޑް އެޑްމިނިސްޓްރޭޝަން ފޯރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވިސް" އާ ބެހޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ 2 ހަފްތާގެ ތަމްރީނުގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ 28 މުވައްޒަފުންނާއި ރާއްޖެއަށް ކަނޑައެޅިފައި ހުންނަ އިންޑިއާގެ އެމްބެސެޑަރ މިސްޓަރ ސަންޖޭ ސުދިރް ބައްދަލުކުރައްވައިފިއެވެ.
މިސްޓަރ ސަންޖޭ ސުދިރް ވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގާތްގުޅުމާ ބެހޭގޮތުން ބައިވެރީންނަށް މަޢުލޫމާތު ދެއްވަވައި ނިޔާމަ ދަތުރަކަށާއި ކާމިޔާބު ތަމްރީނަކަށް ބައިވެރީންނަށް އެދިވަޑައިގެންނެވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ބައްދަލުކުރުމުގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވެސް ތަމްރީނަށް ފުރަން ހަމަޖެހިފައިވާ ސިވިލް ސަރވަންޓުންނަށް ތަމްރީނު ޕްރޮގްރާމާއި ގުޅޭގޮތުންނާއި އަދި ރާއްޖެއާއި އިންޑިއާ ދެމެދުގައި އޮތް ބަދަހިގުޅުމާބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރެއްވެވިއެވެ.
ދިވެހި ސިވިލް ސަރވަންޓުންގެ ހިންގުމުގެ ގާބިލުކަން މަތިކުރުމަށާއި، ތަފާތު މަސައްކަތް ކުރުމުގައި އިންޑިއާގައި ކަންކުރެވޭގޮތުގެ މަޢުލޫމާތު ދިނުމަށް ބޭއްވޭ 2 ހަފްތާގެ ތަމްރީނުގައި އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ބެހޭގޮތުން މަޢުލޫމާތާއި ތަޖްރިބާ ހިއްސާކުރުމަށް ރޭވިފައިވެއެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023