ކޮމިޝަނުގެ މެންބަރުން ޕާކިސްތާނުގެ ސަފީރާ ބައްދަލުކުރައްވައިފި

23 ނޮވެމްބަރ 2020



ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރްއާ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން މިއަދު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް ހަވާލުވެވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް ކޮމިޝަނުގެ މެންބަރުންވަނީ މަރުޙަބާ ދަންނަވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ދިވެހި ސިވިލް ސަރވަންޓުންނަށް ޕާކިސްތާނުގައި ތަމްރީނުވުމަށާއި އަދި ތަޖުރިބާ ޙިއްސާކުރުމުގެ އިތުރު ފުރުސަތުތައް ހޯދުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި މީގެ ކުރިން ޕާކިސްތާނުގެ އެމްބަސީ އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މަޝްވަރާކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން އެމް.އޯ.ޔޫތައް އެކުލަވާލުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އާއި މެންބަރު މުހައްމަދު ފަރުޞަތާ، މެންބަރު ފާތިމަތު އާމިރާގެ އިތުރުން މެންބަރު ފާތިމަތު ޝަރީފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް