28 ޖަނަވަރީ 2020
ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން ފާދިއްޕޮޅު ހިންނަވަރު ކައުންސިލްއިން ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރެވިދާނެގޮތްތަކާ ގުޅޭގޮތުން މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ހިންނަވަރު ކައުންސިލްގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ އާއި މުވައްޒަފުންގެ މަދުވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ގުޅޭގޮތުންނެވެ. އަދި މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުވުމަށް ވަރަށްބޮޑަށް އިސްކަން ދެއްވަން ބޭނުންފުޅުވާކަމަށާއި އެހެންކަމުން ކައުންސިލްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޤާބިލްކަން އިތުރުކޮށް ތަމްރީންދިނުމަކީ މުހިންމުކަމެއް ކަމަށް ފާހަގަކުރައްވައި، މިކަމުގައި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައި ގަންނަވާނެކަމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލްގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންކަން ކުރިއަރުވައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ކޮމިޝަންގެ ފަރާތުން ކައުންސިލާއި ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ހިންމަފުށީ ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުﷲ އިބްރާހިމް އާއި ޒިންމާދާރުވެރިޔާ އަލްފާޟިލް މުހައްމަދު އަބޫބަކުރެވެ. ކޮމިޝަނުގެ ފަރާތުން އިސްކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ އެވެ.
ފަހުގެ ޚަބަރުތައް
އޭޑީބީގެ ޓީމުން ކޮމިޝަނުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
21 އޮކްޓޯބަރ 2026
ދިވެހިބަހުގެ އެކެޑަމީއާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
20 އޮކްޓޯބަރ 2026
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
19 އޮކްޓޯބަރ 2026
ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއެކު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
19 އޮކްޓޯބަރ 2026
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ މަޤާމަށް ޑރ. އާމިނަތު ދުންޔާ އައްޔަނުކޮށް ލިޔުން ޙަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
19 އޮކްޓޯބަރ 2026