ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް އާ ބެހޭ ވާރކްޝޮޕެއްގައި ރައީސް ބައިވެރިވެވަޑައިގެންފި

12 ޖޫން 2019



އާސްތާނާ ސިވިލް ސަރވިސް ހަބް ޖަމްއިއްޔާގައި ސިވިލް ސަރވިސް ކޮމިޝަން މެންބަރެއްގެގޮތުން ބައިވެރިވުމަށާއި އަދި މި ޖަމްއިއްޔާގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ކަޒަކިސްތާން ގެ ވެރިރަށް ނޫރު ސުލްތާން އަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ނުވަތަ އިސްލާޙުކުރުމާބެހޭ ވާރކްޝޮޕެއްގައި ބައިވެރިވެވަޑައިގެންފިއެވެ. މިއީ އާސްތާނާ ސިވިލް ސަރވިސް ހަބް ޖަމްއިއްޔާގެ ފަރާތުން ކަޒްކިސްތާނުގެ "ނަޒަރު ބަޔޭވް ޔުނިވަރސިޓީ" ގައި ބޭއްވި އެއްދުވަހުގެ ވާރކްޝޮޕެކެވެ.

މި ވާރކްޝޮޕްގައި މަޢުލޫމާތުދެއްވެވީ ފުލޮރިޑާ އެޓްލާންޓިކް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ އަދި އިންޓަރނޭޝަނަލް ޖާރނަލް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ އޮޑިޓަރ އިން ޗީފް ޕްރޮފެސަރ އަލީ ފަރަޒްމާންޑް އެވެ. މި ވާރކްޝޮޕްގައި އެމެރިކާ އާއި އެހެނިހެން ތަރައްޤީވެފައިވާ ގައުމުތަކުން ސަރުކާރުގެ ޚިދްމަތް ދިނުމުގައި އުފައްދާފައިވާ ސިވިލް ސަރވިސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން އިސްލާހުކޮށް ކުރިއަރުވާފައިވާ ގޮތުގެ މަޢުލޫމާތު ހިއްސާ ކުރެއްވެވިއެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307