ޕާކިސްތާނުގެ ސިވިލް ސަރވިސް އެކަޑަމީއިން ކޮމިޝަނަށް ތަމްރީނުގެ 2 ފުރުޞަތު ދެއްވަނީ

29 ޖޫން 2019



ޕާކިސްތާނުގައި ޚިދުމަތުގައި ތިއްބެވި ސިވިލް ސަރވަންޓުންގެ ސަޚްސިއްޔަތު ދިރުވައި މަސައްކަތު ޤާބިލުކަން ކުރިއެރުވުމަށް އެންމެ ފުޅާދާއިރާއެއްގައި ކުރުކޯސްތައް ހިންގާ ސިވިލް ސަރވިސް އެކަޑަމީއިން އެތަނުގައި ހިންގާ ކޯސްތަކުގައި ތަމްރީނުވުމުގެ 2 ފުރުސަތު ދިވެހި ސިވިލް ސަރވަންޓުންނަށް އެރުވިދާނެ ކަމުގައި އެއެކަޑަމީގެ ޑިރެކްޓަރ މިސްޓަރ ޒުލްފިޤާރު ޔޫނުސް ވިދާޅުވެއްޖެއެވެ. މިހެން އޭނާ ވިދާޅުވީ 2 ވަނަ ފަހަރަށް އިއްޔެ އެ އެކަޑަމީއާއި ކޮމިޝަނާ އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައެވެ. ޑިރެކްޓަރ މިސްޓަރ ޒުލްފިޤާރު ޔޫނުސް އިތުރަށް ވިދާޅުވެ ދެއްވެވީ މިއަހަރުގެ އޮކްޓޫބަރުގައި އެ އެކަޑަމީއިން ހިންގާ 6 މަހުގެ ކޯސްފެށޭނެކަމަށެވެ. އެކޯހުގައި ދިވެހި ސިވިލް ސަރވިސްގެ 2 ފަރާތަކަށް ބައިވެރިވެވޭނެގޮތް ވޭތޯބައްލަވާދެއްވާނެކަމުގައި ޑިރެކްޓަރ ވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އެކަޑަމީއިން ދެއްވަވާ ދީލަތި އެހީތެރިކަމަށްޓަކައި ޑިރެކްޓަރ ޔޫނުސް އަށް ޝުކުރުއަދާ ކުރައްވަވައި، ދެ މުއައްސަސާގެ ދެމެދުގައި ހުށަހެޅިފައިވާ އެމް.އޯ.ޔޫ ނުވަތަ ފަހުމުނާމާ އަވަހަށް ގާއިމް ކުރުމަށް ބާރުއެޅުއްވެވިއެވެ. މީގެ އިޖާބައިގައި އެ އެކަޑަމީއިންވެސް ރާއްޖޭގައި ސިވިލް ސަރވިސްގެ ކަންކަން ބައްލަވާލެއްވުމަށް އަވަސް ފުރުސަތެއްގެ ތެރޭގައި ވަފުދެއް ހަމަޖެއްސޭތޯ ބައްލަވާނެކަމުގައި ޑިރެކްޓަރ ޔޫނުސް ވިދާޅުވިއެވެ.
އިއްޔެ އެކަޑަމީ އާއި ކޮމިޝަނާއެކު ބޭއްވުނު 2 ވަނަ މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ ހުސެއިނާއި، ސީ.އެސް.ޓީ.އައި ގެ ޑިރެކްޓަރ ފާތުމަތު ހަބީބާ ބައިވެރިވެވަޑައިގެންނެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307