20 ޖަނަވަރީ 2020
މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ގެ ޕަރމަނަންޓް ސެކްރެޓަރީ އަކަށް އަލްފާޟިލާ އާމިނަތު ޝިފާނާ މިއަދު ސިވިލް ސަރވިސް ކޮމިޝަނުން އައްޔަނުކުރައްވައިފިއެވެ. އަލްފާޟިލާ އާމިނަތު ޝިފާނާ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެއްވެވީ، މިކަމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުހައްމަދެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް އަބްދުﷲ ޝާހިދުއެވެ.
އަލްފާޟިލާ އާމިނަތު ޝިފާނާ އަކީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިއާ އިން މެނޭޖްމަންޓް ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވަވައި އަދި ޔުނިވަރސިޓީ އޮފް ވޭލްސް އިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވަވާފައިވާ ބޭފުޅެކެވެ. 1999 އިން ފެށިގެން އާމިނަތު ޝިފާނާ ވަނީ ސަރުކާރުގެ އެކި އެކި ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން 2010 ވަނަ އަހަރު ވަކިވިއިރު ހުންނެވީ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ އެއްގެ މަގާމުގައެވެ. 2010 އިން 2011 އަށް ސިވިލް ސަރވިސް ކޮމިޝަނުގެ އެސިސްޓެންޓް ލެކްޗަރަރ އެއްގެ މަގާމުގައި މަސައްކަތްކުރައްވާފައިވާއިރު، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އުފެއްދުމުގައި ވެސް ޝިފާނާ ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމާ ޙަވާލުވުމުގެ ކުރިން މަސައްކަތްކުރީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ނައިބު ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއެއްގޮތަށް އަދި މިނިސްޓަރގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގުވާ ދެއްވުމަށް އެދިވަޑައިގެންފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026