ކޮމިޝަނާއެކު ގއ. ދާންދޫ ކައުންސިލްއިން މަޝްވަރާކުރައްވައިފި

26 ޖޫން 2019



ގއ. ދާންދޫ ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް މިއަދު ޒިޔާރަތް ކުރައްވައި، ކޮމިޝަނުގެ މެންބަރުންނާ އެކު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، ދާންދޫ ކައުންސިލް ރަށުގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންނާއި އަދި އިދާރާގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމާއި އެ އިދާރާއަށް މުވައްޒަފުންގެ ދަތިކަންހުރިކަން ފާހަގަކޮށް އެކަންކަމާބެހޭ ގޮތުން ކޮމިޝަނާއެކު މަޝްވަރާކުރެވުނެވެ. އަދި ކޮމިޝަނުގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކައުންސިލަށް ހުރިހާކަމެއްގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް ނޭކުރެންދޫ ކައުންސިލްގެ ބޭފުޅުންނަށް އެރުވިއެވެ.
މި ބައްދަލުވުމުގައި ދާންދޫ ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވަޑައިގެންނެވީ ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުޙައްމަދު އާއި ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލްފާޟިލް މުހައްމަދު ޢަލީ އެވެ. ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުހައްމަދު އާއި މެންބަރު އަލްފާޟިލް އިބްރާހިމް ޝަހީގު ގެ އިތުރުން މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ އެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް