މިނިސްޓްރީ އޮފް ފިނޭންސް އިން ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި

03 ޖުލައި 2019



ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީ ޗާޓަރ މިނިސްޓަރ އޮފް ފިނޭންސް ތަސްދީގު ކުރެއްވުމާ ގުޅިގެން، ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތްތަކާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ އެކު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.  އަދި މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އިންޓަރނަލް އޮޑިޓްގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމަތު އޮޅުންފިލުވައި ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްގެންދެވުނެވެ. މި ބައްދަލުވުމުގައި ކޮމިޝަނުގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފިނޭންސް މިނިސްޓްރީ ގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީގެ ރައީސް އަލްފާޟިލް އަޙްމަދު ޝަރީފެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307