ޖަޕާން އިންޓަރނޭޝަނަލް ކޯރޕަރޭޝަން ސެންޓަރ އިން ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވައިފި

03 ޖުލައި 2019



ޖަޕާން އިންޓަރނޭޝަނަލް ކޯރޕަރޭޝަން ސެންޓަރާއި (ޖޭ.އައި.ސީ.އީ) ސިވިލް ސަރވިސް ކޮމިޝަނާ މިއަދު ބައްދަލުކުރައްވަވާ މަޝްވަރާކުރައްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި އޮތް މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ހުންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި މެންބަރު ފާތުމަތު އާމިރާއެވެ. ޖޭ.އައި.ސީ.އީ ގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޖޭ.އައި.ސީ.އީ ގެ މެނޭޖިންގ ޑިރެކްޓަރ މިސްޓަރ ޝިއޮނޯޔާ އާއި މިސްޓަރ ޖުނިޗީ ޔަމަޒަކީ އެވެ.
މި ބައްދަލު ކުރެއްވުމުގައި ދިވެހި ސިވިލް ސަރވިސްގެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރެވި އަދި ސިވިލް ސަރވިސް ކޮމިޝަނާ ޖަޕާން ސަރުކާރާ އޮތް ގުޅުން ފާހަނގަކުރައްވަވާ އަދި ޖަޕާނަކީ ދިވެހިރާއްޖެއަށް އެކިއެކި ދާއިރާތަކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެއްކަމައް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ޖަޕާނީޒް ގްރާންޓް އެއިޑްސް އިން ދެމުން ގެންދާ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާރޝިޕް އާ ބެހޭގޮތުން ޖޭ.އައި.ސީ.އީ ގެ ބޭފުޅުން މައުލޫމަތުދެއްވެވިއެވެ. މިއީ ދެ އަހަރުގެ މުއްދަތަށް ސިވިލް ސަރވަންޓުންނަށް ހާއްސަކޮށްގެން ދެމުންގެންދާ ސްކޮލާރޝިޕް ޕްރޮގްރާމް އެކެވެ.
1977 ވަނަ އަހަރު ވުޖޫދަށް އައި ޖަޕާން އިންޓަރނޭޝަނަލް ކޯރޕަރޭޝަން ސެންޓަރ އަކީ ޖަޕާނާ އެހެން ގައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް އެކިކަހަލަ ތަމްރީން ޕްރޮގްރާމްތަކާއި ސްކޮލާރޝިޕް ޕްރޮގްރާމަތައް ފޯރުކޮށްދޭ ސެންޓަރ އެކެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307