07 ޖުލައި 2019

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން މިއަދު މިނިސްޓަރ އޮފް ފިނޭންސް އޮނަރަބަލް އިބްރާހިމް އަމީރު އާއި މިއަދު ބައްދަލުކުރައްވަވާ މަޝްވަރާކުރައްވައިފިއެވެ. މިނިސްޓްރީ އޮފް ފިނޭންސް ގައި ބޭއްވުނު މިއަދުގެ ބައްދަލުވުމުގައި ސިވިލް ސަރވިސްގެ ދާއިރާއިން ކޮމިޝަނުން މިހާރު ކުރިޔަށްގެންދާ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިހުރި ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވަވާ އަދި ސިވިލް ސަރވިސް ގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ދަތިތަކާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުންގެ އިތުރުން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިނިސްޓްރީގެ ފަރާތުން މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025

ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
.jpg)
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025

ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
.png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024