ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރ އާ ބައްދަލުކުރައްވައިފި

09 ޖުލައި 2019



ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިޔާގެ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ސަންޖޭ ސުދިރްއާ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މިއަދު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. އިންޑިއަން ހައިކޮމިޝަނުގައި މިއަދު ބޭއްވުނު މިބައްދަލުވުމުގައި މި އަހަރު އެޕްރީލު މަހު 6 ން 21 އަށް އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯރ ގުޑްގަވަރނަންސް ތަމްރީން ޕްރޮގްރާމްގެ ދަށުން ދިވެހި ސިވިލް ސަރވިސް ގެ 28 މުވައްޒަފަކަށް ތަމްރީނާއި ތަޖުރިބާގެ ދަތުރެއްގައި އިންޑިއާ އަށް ކުރި ދަތުރުގެ ދަތުރު ރިޕޯޓު ކޮމިޝަނުގެ ރައީސް މިސްޓަރ ސަންޖޭ ސުދިރް އަށް ވަނީ އަރުވާފައެވެ. އަދި މިއީ ވަރަށް ކާމިޔާބު ދަތުރެއް ކަން ފާހަނގަކުރައްވައި ކުރިއަށް އޮތްތާނގައިވެސް މިފަދަ އިތުރު ތަމްރީނާއި ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ފުރުސަތު ލިބިގެންދާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނާއި ނޭޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް އާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ތަމްރީން ޕްރޮގްރާމްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި އަދި ނޭޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް ގެ އިސް ބޭފުޅުން އަންނަ އޯގަސްޓު މަހު ރާއްޖެއަށް ވަޑައިގެން ސިވިލް ސަރވިސް ގެ ކަންތައް ހިނގާގޮތް ބަލައި އަދި ސިވިލް ސަރވަންޓުންނަށް ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. މިއަދުގެ މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ގެ އިތުރުން ކޮމިޝަނުގެ އިންޓަރނޭޝަނަލް ރިލޭޝަންސް ކަންތައްތައް 

ކުރިޔަށް ގެންދަވާ މުވައްޒަފުގެ ގޮތުން ސީނިއަރ އެޑްމިނިސްޓްރޭޓިވް އަލްފާޟިލާ އާއިޝަތު ހަމީދާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. 


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް