30 ޖުލައި 2019
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓް ގެ 2019 ވަނަ އަހަރުގެ ރިވިއު ސެޝަނެއް މިއަދު ކޮމިޝަނުގައި ކުރިއަށް ގެންގޮސްފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއި އެކު ކުރިއަށް ގެންދެވުނު މި ރިވިއު ސެޝަނުގައި ސީ.އެސް.ޓީ.އައި ގެ ފަރާތުން އިސްކޮށް މި ސެޝަނުގައި ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވެވީ ސީ.އެސް.ޓީ.އައި ގެ ޑިރެކްޓަރ އަލްފާޟިލާ ފާތިމަތު ހަބީބާ އެވެ. މި ރިވިއު ސެޝަނުގައި މަޢުލޫމާތު ދެވުނު ކަންތައްތަކުގެ ތެރޭގައި މި އަހަރުގެ ޖަނަވަރީ މަހާއި ޖުލައި މަހުގެ ނިޔަލަށް 76 ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ އިރު 2282 ސިވިލް ސަރވަންޓުންނަށް ވަނީ ޓްރެއިނިންގ ކުރިއަށް ގެންގޮސްފައެވެ. އަދި އަތޮޅު ތެރޭން 4 އަތޮޅަކު މުޅި ޖުމްލަ 14 ޕްރޮގްރާމް ޖުލައި މަހާ ހަމައަށް ހިންގާފައިވާއިރު 331 ބޭފުޅުންވަނީ މި ޓްރެއިނިންގ ތަކުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އަހަރު ތެރޭގައި ސީ.އެސް.ޓީ.އައި އިން ވަނީ އަލަށް 11 ޓްރެއިނިންގ ޕްރޮގްރާމެއް ތައާރަފްކޮށްފައެވެ. އެގޮތުން ސީ.އެސް.ޓީ.އައި އިން މިހާރުވެސް ސަރޓްފިކެޓް ލެވެލް އާއި ޕްރީ-ޑިޕްލޮމާ އަދި ޑިޕްލޮމާ ލެވެލް ގެ ކޯސްތައް ދަނީ ކުރިއަށް ގެންދަވަމުންނެވެ. އަދި ސީ.އެސް.ޓީ.އައި އިން ވަނީ 13 އަތޮޅަކާ ޓްރެއިނިންގތައް ހިންގެވުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކުރައްވާފައެވެ. އެގޮތުން މި އެމް.އޯ.ޔޫ ގެ ދަށުން ރ.އަތޮޅު ގައި މިހާރުވެސް ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ގެ ކޯސްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026