30 ޖުލައި 2019
ސިވިލް ސަރވިސްގެ އިދާރާތަކުން ފޯނު ނުނަންގަވާ މައްސަލައަށް ހައްލު ހޯދުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެދުމުގެ މަތިން ރައްޔިތުންގެ ތެރެއިން ޚިދުމަތް ހޯދަން ގުޅާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން އަދި އިދާރާތަކަށް އެންމެ ގިނައިން ފޯނުކުރާ ސަބަބެއް ނުވަތަ ބޭނުމަކީ ކޮބައިކަން އޮޅުން ފިލުވައި، ފޯނުކުރުން މަދު ކުރެވިދާނެ ގޮތްތައް ދެނެގަނެ މިކަމަށް ސްޓްރެޓެޖީއެއް އެކުލަވާލުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މިނިސްޓްރީތަކުގެ ރިސެޕްޝަންގެ މަސައްކަތް ބަލަހައްޓާ ވެރިންނާއި ޕަރމަނަންޓް ސެކްރެޓަރީންނާއި އެކު މިއަދު ކޮމިޝަނުން މަޝްވަރާކުރައްވައިފިއެވެ.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އިން އިންތިޒާމްކޮށްގެން މިއަދު މެންދުރު ކަސްޓަމްސް ގެ މީރުބަހުރު މާލަމުގައި ބޭއްވުނު މި ފޯރަމުގައި ސިވިލް ސަރވިސް ގެ 34 އިދާރާއަކުން 60 ބައިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ރައީސުލް ޖުމްހުރިއްޔާގެ އޮފީހުގެ 2 ބޭފުޅަކު ވެސް މި ފޯރަމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އާއްމު ރައްޔިތުންނަށް ފޯރުކޮށްދެވޭ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތައް މި ފޯރަމް ތެރޭގައި ވަނީ ހުށަހެޅިފައެވެ. އަދި ވީހާ ވެސް އަވަހަކަށް މި މައްސަލައަށް ހައްލެއް ހޯދޭނެ ގޮތަކަށް މިނިސްޓްރީ ތަކުންނާއި އެހެނިހެން އިދާރާތަކުން މަސައްކަތް ކުރުމަށް ކޮމިޝަނުން ވަނީ އެދިލައްވާފައެވެ.
މިއަދުގެ މި ފޯރަމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އަދި ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026