ކޮމިޝަނާއެކު ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިން މަޝްވަރާކުރައްވައިފި

30 ޖުލައި 2019



ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްއިން ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރެވިދާނެގޮތްތަކާ ގުޅޭގޮތުން މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި ކޮމިޝަނުގެ މެންބަރުން އާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ގދ. ތިނަދޫ ކައުންސިލްގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ގޮންޖެހުންތަކާ އަދި ގދ. ތިނަދޫ ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމާއި ގުޅޭގޮތުންނެވެ. އަދި ކޮމިޝަނުގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކައުންސިލަށް ހުރިހާކަމެއްގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް ގދ. ތިނަދޫ ކައުންސިލްގެ ބޭފުޅުންނަށް އެރުވިއެވެ. އަދި ކައުންސިލްގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންކަން ކުރިއަރުވައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ކޮމިޝަންގެ ފަރާތުން ކައުންސިލާއި ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރި ވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް އަލްފާޟިލް ނާސިހު ރަޝީދެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް