30 ޖުލައި 2019
މި ޖުލައި މަހުގެ 22 އިން އޯގަސްޓު 11 އަށް ޗައިނާގެ ނަންޗެންގް ސިޓީ ގައި ކުރިއަށް ގެންދާ "ސެމިނަރ އޮފް ޕަބްލިކް މެނޭޖްމަންޓް ފޯރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް" ގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ 30 މުވައްޒަފުން އިދާރީ ހިންގުމާގުޅޭ ގޮތުން ޗައިނާގެ ތަޖުރިބާ ހާސިލުކޮށް މިކަމުގައި ކުރިއަރާފައިވާ ޒަމާނީ ގޮތްތަކުގެ ތަމްރީނު ހޯދަމުން އެބަގެންދެއެވެ. ޗައިނާގައި ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ޖިއަންޒީ ކޮލެޖް އޮފް ފޮރިން ސްޓަޑީސްގެ ފަރާތުން އިންތިޒާމުކޮށް ކުރިޔަށްގެންދާ މި ތަމްރީނުތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމުގެ ސެޝަންތައް މިހާރު ދަނީ ކުރިއަށްގެންދެމުންނެވެ. ހުރިހާ ޚަރަދެއް ޗައިނާގެ ސަރުކާރުން ދެއްވަވައިގެން ކުރިޔަށްގެންދެވޭ މި ތަމްރީނުތަކުން ވަރަށް ފުރިހަމަ މަޢުލޫމާތުތަކެއް ލިބި މަސައްކަތުގެ ޤާބިލުކަން އިތުރުވެގެންދާ ކަމުގައި ބައިވެރިންގެ ފަރާތުން ވަނީ މަޢުލޫމާތު ލިބިފައިވެއެވެ.
އަދި އޭގެ އިތުރުން މި ޒިޔާރަތުގައި ޗައިނާގެ އިގްތިސާދީ ކުރިއެރުން އަދި މުއްސަނދި އުމްރާނީ ތަރައްޤީ އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ގޮތުން ބައިވެރިންނަށް ޗައިނާގެ މަޝްހޫރު ސިޓީތަކަށާއި ބިނާތަކަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026