25 ޖުލައި 2019
މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަޤާމަށް އަލްފާޟިލާ އައިޝަތު ސޫޒަން ހަނީފް މިއަދު ސިވިލް ސަރވިސް ކޮމިޝަނުން އައްޔަންކޮށްފިއެވެ. އަލްފާޟިލާ އައިޝަތު ސޫޒަން ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެއްވެވީ، މިކަމަށް މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް އަލްފާޟިލް ޢަލީ ވަހީދެވެ.
އަލްފާޟިލް އާއިޝަތު ސޫޒަން އަކީ އޮސްޓްރޭލިއާގެ ޔުނިވަރސިތީ އޮފް ސަދާން ކުއީންސްލޭންޑް އިން މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާސިލްކުރައްވަވައި އަދި ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗްލަރ އޮފް އާރޓްސް ހާސިލް ކުރައްވަވާފައިވާ ބޭފުޅެކެވެ. ގިނަދުވަހު ކުރިން މަސައްކަތް ކުރައްވަވާފައިވަނީ ވެރިންގެ ފެންވަރުގައި މޯލްޑިވިސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގައެވެ. މިގޮތުން 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތު ތަޖްރިބާ ހާޞިލް ކުރައްވަވާފައިވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026