ހެލްޕު ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް އެންޑް މަރކެޓިންގ ގެ ސީނިއަރ މެނޭޖަރ މިސް ޓްރިލީ ސިއޯ އާއި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ބައްދަލުކުރައްވަވާ މަޝްވަރާކުރައްވައިފިއެވެ. މިއަދުގެ މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ގެ އިތުރުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގެ ޑިރެކްޓަރ އަލްފާޟިލާ ފާތިމަތު ހަބީބާ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަދުގެ މި ބައްދަލުވުމުގެ މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހެލްޕް ޔުނިވަރސިޓީ އިން ފޯރުކޮށްދެމުންދާ ކުރު އަދި ދިގު މުއްދަތުގެ ޓްރެއިނިންގް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ސިވިލް ސަރވަންޓުންނަށް ހޯދާ ދިނުމާ ގުޅޭގޮތުންނެވެ. އަދި ސީ.އެސް.ޓީ.އައި އާއި ހެލްޕް ޔުނިވަރސިޓީ އާ ދެމެދު ކުރިއަށް އޮތް މުސްތަޤްބަލުގައި ފަހުމުނާމާއެއްގައި ސޮއިކުރެވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026