20 ޖުލައި 2019

މި ޖުލައި މަހުގެ 22 އިން އޯގަސްޓް 3 އަށް ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަރުކާރުގެ އިދާރީ ހިންގުމާއިބެހޭ ސެމިނަރގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ އެކި އެކި އިދާރާތަކުން ހޮވާލެވުނު 30 މުވައްޒަފުން ޗައިނާ އަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުރައިފިއެވެ.
މި ސެމިނަރއަކީ ޗައިނާގައި ސިވިލް ސަރވަންޓުން ތަމްރީނުކުރާ މަރުކަޒުކަމުގައިވާ ޗައިނީސް އެކަޑަމީ އޮފް ގަވަރނަންސް އިން ރާވައި އިންތިޒާމުކޮށްދިން ސެމިނަރއެކެވެ. މިއީ ސިވިލް ސަރވިސް ކޮމިޝަނާއި ޗައިނީސް އެކަޑަމީ އޮފް ގަވަރނަންސް އާ ދެމެދު ސިވިލް ސަރވިސްގެ ޤާބިލުކަން އިތުރުކުރުމުގެ މަޤުސަދުގައި ދެ މުއައްސަސާ ދޭތެރޭގައި އެއްބަސްވެފައިވާ ފަހުމުނާމާއެއްގެ ދަށުން ޗައިނާގެ ސަރުކާރުގެ އެހީގައި އިންތިޒާމްކޮށް ބޭއްވޭ ސެމިނަރއެކެވެ. މިއީ މި އަހަރު ބާއްވާ މިފަދަ 1 ވަނަ ސެމިނަރއެވެ.
ފަހުގެ ޚަބަރުތައް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025

ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
.jpg)
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025

ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
.png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024